
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ ގަނޑު ބަލައިގެން މީގެ ކުރިން ވާހަކަދައްކަވާ ބޭފުޅެެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ.
އަހަރެމެން ދަންނަ @AhmedMahloof އަކީ ގަނޑުބަލާގެން މީގެ ކުރިން ވާހަކަ ދެއްކި މީހެއްނޫން.ޔަޤީން މިއޮތީ ލިޔެފަ ދިން އެއްޗެއް މީނަ ލައްވާ ކިޔުއްވާފަ.ކޯޓް ތަކުގަ ހިނގާގޮތައް މިކަންވެސް މިއޮތީ ހިންގުވާފަ.ސޭމް.ސޭމް….😝 pic.twitter.com/Do2RMrCVxu
— Ibrahim Shujau (@IbrahimShujaau) January 20, 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕުރައިމަރީ ކެމްޕޭން ޖަލްސާގައި މިރޭ މިނިސްޓަރު މަހުލޫފެ ވާހަކަ ދައްކަވާ ވީޑިއޯ ޓުވީޓް ކުރައްވަމުން ޝުޖާއު ވިދާޅުވީ އެބޭފުޅާ ދަންނަ މަހްލޫފަކީ ގަނޑުބަލާގެން މީގެ ކުރިން ވާހަކަ ދެއްކި މީހެއްނޫން ކަމުގައެވެ.
”ޔަޤީން މިއޮތީ ލިޔެފަ ދިން އެއްޗެއް މީނަ ލައްވާ ކިޔުއްވާފަ.ކޯޓް ތަކުގަ ހިނގާގޮތަށް މިކަންވެސް މިއޮތީ ހިންގުވާފ.ަ“ ޝުޖާއު ވިދާޅުވިއެވެ
މިފަހަކަށް އައިސް މަހުލޫފް އަންނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޯޑަރަށް ހައްދެއް އިމެއް މިނެއް ނެތި ރައީސް ސޯލިހަށް ހުށާމަތު ކުރަމުންކަމަށް އާއްމު ރައްޔިތުން ސޯސަލް މީޑިއާގައި ތުހުމަތު ކުރެއެވެ.
MHuloofah balaigenves adhinubalaives vaahakadhekkidhaane mahuloofakee fasmeeru kurirukeh dhenkaleykuraaneekeeth