ޚަބަރުސިޔާސީ

ރައީސް ޔާމީން ނޫޅުއްވާ ގައުމުގައި ތިބި ޣައްދާރުންނާ އެކު މަސައްކަތް ކުރައްވާކަށް: އަބްދުއްރަހީމް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަކީ ގައުމުގައި ތިބި ޣައްދާރުންނާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ ދުވަހަކުވެސް ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގަ ތިބި ގައްދާރުން ރައީސް ޔާމީނަށް އޯކޭ ނުވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ގައުމުގައި ހުންނެވި އެންމެ ބޮޑު ގައްދާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ ހުކުރުދުވަހު ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަމުން އެކަމަނާ  ބިރުގަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޔާމިން ކޯލިޝަނެއް ހައްދަވަފާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button