
ހުކުރު ދުވަހުގެ ރޭގަނޑު އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ބިދޭސިން ބައިވެރި ވިކަމުގެ ވީޑީއޯ މީސް މީޑިއާގައި އާއްމު ރައްޔިތަކު ހިއްސާ ކޮށްފިއެވެ.
އެ ވީޑިއޯއިން ހުކުރު ދުވަހުގެ ހަވީރުގަޑީގައި ޖަލްސާއަށް ގޮނޑި އަތުރަން ބިދޭސީން މަސައްކަތް ކުރަމުން ދާ މަންޒަރުވެސް ވަރަށް ގިނަ މީހުން ވަނީ މީސް މީޑިއާގައި ޕޯސްޓް ކޮށްފައެވެ.
Dhen kon hadieh hey nahaavaanee kunfuneege masahkai kuraa bidheyseen ves gengossa 😂😂😂😂🤧 pic.twitter.com/EjVUBXmOOs
— AROO 🌴💫⚖️ (@roo_aroo) January 20, 2023
މީގެ ކުރިންވެސް ރައީސް ސޯލިހުގެ ޕުރައިމަރީ ކެމްޕޭން ޖަލްސާއަށް ވަޒީފާގެ ބިރު ދައްކައިގެން ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ގިނަ މީހުން ގަދަކަމުން ޖަލްސާއަށް ގެންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އިސް މީހުން ވަނީ ބުނެފައެވެ. އެކަމަކު ރައީސް ސޯލިހުގެ ފެކްޝަނުން މިކަން ދޮގު ކުރެއެވެ.