ޚަބަރުސިޔާސީ

މަރު ކޮމިޝަނުގެ ރައީސް ގޭންގުތަކޭ ކިޔަން ލަދު ނުގަނޭތޯ؟ ޑރ. ޖަމީލް

މަރުކޮމިޝަނަރުގެ ރައީސް ފަރީޝާ އަބްދުﷲ ގޭންގްތަކޭ ކިޔަން ލަދުނުގަނެތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ސުވާލު އުފައްދައިފިއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައިލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ކޮމިޝަނުން މަސައްކަތްކުރުމާއި ގުޅިގެނެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނި މިހާރުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް އައުމާއެކު ލަންކާއިން ގެނައި ސްނައިޕަރ މިނިވަންކުރި ތިއަރީ ގުޅުވަން މާ ފަސޭހަވާނެކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި ސްނައިޕަރގެ ވަކީލަކަށް ހުރުމުން ދެން ބުނަންވީ ކީކޭތޯވެސް ޖަމީލް އައްސަވާފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮށްލަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަޑީގައި ހުންނަވާ ލަންކާއިން ގެނައި ސްނައިޕަރު ހައްޔަރުކުރުމުން އޭނާގެ ވަކީލަކަށް ހުރީ މަރުކޮމިޝަނަރުގެ ފަރީޝާއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް އައުމަށްފަހުގައި އެ ސްނައިޕަރު ވަނީ މިނިވަންކޮށްފައެވެ.

އެހެންކަމުން، ރައީސް ސޯލިހް ވެރިކަމަށް އައުމާއެކު މި ޓެރަރިސްޓް މިނިވަންކުރުން މިއީ އިއްތިފާގެއްތޯ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެއީ، ގުޅުވަން މާ ފަސޭހަ ތިއަރީއެއްކަމަށް އޭނާ ވިދާޅުވެފައެވެ.

ރައީސް ޔާމީނާއި ރިލްވާނުގެ މަރާ ގުޅުވާލައިގެން  މަރު ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވީ އެ ކޮމިޝަނުގެ ނައިބުރައީސް މިސްބާހު އައްބާސްއެވެ. އަދި އޭނާ އާއި ދެކޮޅަށް ދައުވާ ކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ނިންމާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button