ޚަބަރު
އިސްލާމިކް މިނިސްޓްރީން ބަޖްޓް ނުދިނުމުން، މިސްކިތްތަކުގެ މަރާމާތު ކުރަން ޓެލެތޯނެއް ސިޓީ ކައުންސިލުން ބާއްވަނީ

އިސްލާމިކް މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރާތްތަކުން އެކަމަށް ބޭނުންވާ ބަޖެޓް ނުދިނުމުން، މާލެ ސިޓީ ކައުންސިލުން މާލެ ސަރައްހަދުގެ މިސްކިއްތަކުގެ މަރާމާތު ކުރުމަށް ޓެލެތޯނެއް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
މީގެ ކުރިން ދެ ފަހަރަކު ތާރީހެއް މާލެ ސިޓީ ކައުންސިލުން ޓެލެތޯން ބާއްވަން ކަނޑައެޅި ނަމަވެސް، މިހާރު ވަނީ އެ ޓެލެތޯން އަންނަ މަހުގެ ހަތްވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޓެލެތޯން ފަސްކުރީ އެކަމަށް އިތުރު ތައްޔާރީތަކެއް ވާންޖެހޭތީ ކަމަށާއި އަދި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމަކާއި އެކު ޓެލެތޯން ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށެވެ.
މި ކައުންސިލުގެ ދަށުން މާލެ އަދި ވިލުމާލޭގައި މިވަގުތު 42 މިސްކިތެއް ބަލަހައްޓަމުންދާކަން ފާހަގަކޮށްލެވެއެވެ.