
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބުރުގާ ބޭލުމަށްފަހު ހިލޭ ފިރިހެނަކާއެކު ނަގާފައިވާ ސެލްފީއެއް އާންމު ވެއްޖެއެވެ.
އެނގިފައިވާގޮތުގައި މިނިސްޓަރ ނަހުލާ އާއި އެކު އެ ފޮޓޯއިން ފެނިގެން ދަނީ މުހައްމަދު ހަމްދާން ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އަކީ ނަހުލާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތެއް ކަމަށް މިނިސްޓްރީ ތެރޭގައި އަޑުތައް ވަނީ ފެތުރިފައެވެ.
މި ފޮޓޯއަކީ ސީދާ ކޮން ގައުމެއްގައި ނަގާފައިވާ ފޮޓޯއެއްކަން ކަށަވަރު ނުވި ނަމަވެސް 2021 ވަނަ އަހަރު މިނިސްޓަރު ނަހުލާ ޔުނައިޓަޑް އަރަބި އިމިރޭޓްސް އަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީ ހައިސިއްޔަތުން ބައިވެރިވި މިނިސްޓަރީގެ ވަފުދުގެ ބޭފެޅުންގެ އިތުރުން އެ ދަތުރުފުޅުގައިވެސް ހަމްދާން ބައިވެރިވިކަން ”ބޮންތި“ އިން ވަނީ ކުރިން ރިޕޯޓު ކޮށްފައެވެެ. މީގެ އިތުރުން އެއާޕޯޓުގެ ވީއައިޕީ ހަމްދާން އަށް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ އަށް ޓްރާންސްޕޯޓް މިނިސްޓަރީ އިން ހުށަހެޅި އެޕްލިކޭޝަން ފޯރމުވެސް ”ބޮންތި“ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހު ކެނެޑާގެ މޮންޓްރިއޭލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ 41 ވަނަ އާއްމު ބައްދަލުވުމުގައިވެސް ނަހުލާ ބައިވެރިވެވަޑައިގަތެވެ. އެކަމަކު މިއީ ސީދާ ކޮން ދަތުރުފުޅެއްގެ ފޮޓޯއެއް ކަމެއް ޔަގީނެއް ނުވެއެވެ.
I’m not interested in @aishath_nahula’s private life. But this photo proves this corruption.
Her bro Hassan Zareer’s BFF Saruvaan got fake work experience letter from her lover Hamdhaan’s company ‘Onseas’. Saruvaan never worked there.
Project awarded to him. pic.twitter.com/RWe1JILN9S
— Hassan Kurusee (@HKurusee) December 10, 2022
ޤާނޫނު ނަންބަރު 9/2014، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް، މަންފާއެއް ހޯދައިދިނުމުގެ މަޤުސަދުގައި، ކަމެއް ކުރުމަކީ ޤާނޫނީ ކުށެކެވެ. ދައުލަތުގެ މިނިސޓަރުން ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުތަކަކީ ސީދާ ރައީސް އޮފީހުން ހުއްދަ ދެއްވައިގެން ކުރާ ދަތުރުތަކެކެވެ.
މިކަމާ ގުޅިގެން ނަހުލާގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.