ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުތަކުގައި މިނިސްޓްރީ އާއި ގުޅުން ނެތް، އެކަމަނާގެ އަރިސް ފަރާތްތަކަށް މިނިސްޓަރީގެ ނަމުގައި އެއާޕޯޓުގެ ވީއައިޕީ ގެ ހިދުމަތް ހޯދާފައިވާކަން ހާމަވެއްޖެއެވެ.
2021 ވަނަ އަހަރު މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓަޑް އަރަބި އިމިރޭޓްސް އަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީ ހައިސިއްޔަތުން ބައިވެރިވި މިނިސްޓަރީގެ ވަފުދުގެ ބޭފެޅުންގެ އިތުރުން އެ ދަތުރުފުޅުގައި ބައިވެރިވި މިނިސްޓަރު ނަހުލާއާއި ވަރަށް ގާތް ބޭފުޅެއް ކަމުގައިވާ މުޙައްމަދު ހަމްދާން ބައިވެރި ކުރުވިކަމުގެ ފުރިހަމަ ހެކި ”ބޮންތި“ އަށް ވަނީ ލިބިފައެވެ. މީގެ އިތުރުން އެއާޕޯޓުގެ ވީއައިޕީ ހަމްދާން އަށް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ އަށް ޓްރާންސްޕޯޓް މިނިސްޓަރީ އިން ހުށަހެޅި އެޕްލިކޭޝަން ފޯރމުވެސް ”ބޮންތި“ ވަނީ ލިބިފައެވެ.
ޤާނޫނު ނަންބަރު 9/2014، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް، މަންފާއެއް ހޯދައިދިނުމުގެ މަޤުސަދުގައި، ކަމެއް ކުރުމަކީ ޤާނޫނީ ކުށެކެވެ. ދައުލަތުގެ މިނިސޓަރުން ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުތަކަކީ ސީދާ ރައީސް އޮފީހުން ހުއްދަ ދެއްވައިގެން ކުރާ ދަތުރުތަކެކެވެ.
މައުލޫމާތު އިނގޭ ޓްރާންސްޕޯޓުގެ ސިވިލްސާރވިސްގައި މަސައްކަތްކުރާ އިސް މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތު ކުރުމަށްފަހު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ މިނިސްޓަރު ނަހުލާ ރާއްޖޭން ބޭރަށް ކުރެއްވި ގިނަ ދަތުރުތަކުގައި ހަމްދާން ބައިވެރިވެފައި ވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
”ބައެއް ފަހަރު އެބޭފުޅާ ވަޑައިގަންނަވާނީ މިނިސްޓަރާ ވަކިން، ނަމަވެސް މުޅި ދަތުރުގައި އުޅުއްވާނީ މިނިސްޓަރާ އެކުގައި، އެއަރ ޕޯރޓުގެ ވީއައިޕީ ހަމަޖެއްސިވިކަން އަޅުގަނޑަށް އެނގެނީ އެންމެ ފަހަރަކު. ދެން އޭނަ ވަކި މިނިސްޓަރާއެއްކޮށް އުޅެންވީ ކީއްކުރަން.“ އޭނާ ބުންޏެވެ.
މިނިސްޓަރު އައިޝަތު ނަހުލާ ފާހަގަ ކުރެވެނީ ރާއްޖޭން ބޭރަށް އާދަޔާ ހިލާފަށް ގިނައިން ދަތުރު ކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. 2019 ވަނަ އަހަރުން ފެށިގެން 2022 މެއި މަހުގެ ނިޔަލަށް ނަހުލާ ކުރެއްވި 13 ދަތުރުފުޅަކަށް ދައުލަތުން ވަނީ 1،099،495ރ. ހޭދަކޮށްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ސްރީލަންކާއާއި ސްވިޒަލޭންޑާއި، އެމެރިކާ، ސިންގަޕޫރުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ. އަދި ”ބޮންތި“ އާއި މައުލޫމާތު ހިއްސާ ކުރި ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިހާރުވެސް މިނިސްޓަރު ހުންނެވީ ކެނަޑާގެ މޮންޓަރިއަލްގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރީ ފާހަގަވެފައިވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތްތަށް ލަސް ރައްޔިތުންގެ ޝަކުވާ ބޮޑު މިނިސްޓަރީ އެއްގެ ގޮތުގައެވެ. މީގެ އިތުރުން މިނިސްޓަރީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ.
Ivay adu thakun Hamdhaan akee faisaaveri Umurun dhoshee anhenunmaa varah gaaiy gulhumeh baavvaa beyfulheh kamah
Hamdhaan emme fahun marry koggen ulhunee Raajjeyge mash’hooru adhi mussandhi aailaa akah nisbaiyvaa Hamdhaan ah vuren 8 aharu dhoshee anhenakaa kan faahaga kollan
Maruhabaa gasim
My God….Hamdhaan ge vaahaka dho😜 Fisaari anhen kambalun felaigen ulhuvvan dhiri ulhuvvaa beyfulheh kamah varah gina meehun qaboolu kuray. Faisaa ge dhahivethi kamugaa mulhin ves elderly ladies athu alhuvaa beyfulheh kamah vanee Hamdhaan. Faisaa Faisaa Faisaa ….thats all what he needs. And a luxury life…no matter how old the life partner is.
Hambe ah kulhadhaana! Kurin 2 dharinge Dhon Daddy akah vee. Mi faharu 6 kudhinge Dhon Daddy akah vaan baa thiya masakkaiy kuravvanee. Hamdhaan ah vaa assaribahaa saabas. Kihaa dhuvahaku thiyahen anhenun felaigen dhiri ulheveyne baa ey hithah araa. Minister ves luxury Yacht eh ganedhevva faane.
Hambe ah Villa ge kommeves resort eh ge hissaa Minister dhevva faane. Keep up the good bond with Minister and keep her happier always
Gasimbeybe ge ruhumugaa Hamdhaan Minister balahattavaa dhevvaa kamah vanyaa, Hamdhaan ah ves MUDUVAALI kahala bodu viyafaari eh fattavaa dhevva faane Gasimbeybe.
Thee dhuniyeyge aadha😉 Faisaaveri dhuvasvee firihenunge ambi meehaa, gina faharu happy ending hoadhaanee zuvaan adhi handsome kudhinge faraathun.
Minister huss nukollanees avahah Hamdhaan ge kibain salaamaiyvaan visnavaa!