ޚަބަރު

ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަމުން ދާނެ: ފުލުހުން

ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ބުނިގޮތުގައި, އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން, ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އެގޮތުން 2022 އޮކްޓޯބަރ 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެކަމަށާއި, އޮކްޓޯބަރު 1 ވަނަ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ގޮތުގައި އެއްގަމުގައ ދުއްވާ އުލަނދުގެ ނަންބޯޑު ހުުންނަންވާޞީ ޓްރާންސްޕޯޓު މިނިސްޓްރީއިން އާންމުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button