ކޮރަޕްޝަން ހުއްޓުވާލުމަށް ވިސްލްބްލޯވަރ ޕޯޓަލް ތައާރަފްކޮށްފިއެވެ.
މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވާލުމަށް whistleblower.gov.mv ގެ ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފްކޮށްފައިވާ ކަމަށެވެ. މި ޕޯޓަލްގެ މަގްސަދަކީ އާންމު ރައްޔިތުނަށް, ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ފަސޭހަކަމާއެކު ރިޕޯޓުކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް ސާލީޙްގެ މި ޓްވީޓުގައި ބަޔާންކޮށްފައިވެއެވެ.
In a bid to end corruption within the state, we have launched a new web portal https://t.co/O9ygBs0Hf6 where citizens could report issues of corruption anonymously. I am hopeful that this portal would prove an important and useful step in our ongoing fight against corruption.
— Ibrahim Mohamed Solih (@ibusolih) February 12, 2019
މީގެ އިތުރުން ރައީސްގެ މި ޓްވީޓުގައި ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން ކޮރަޕްޝަން ހުއްޓުވަމުނަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވެދިޔަ 4 އަހަރު ރާއްޖޭގައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް ރިކޯޑު އަދަދަކަށް އިތުރުވެގެންގޮސްފައެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހަމައެކަނި ވެންޓިލޭޓަރުގެ މައްސަލައާއި, ކޮވިޑް ޓެސްޓުކިޓުތަކުގެ މައްސަލައައިގައިވެސް 200 މިލިއަނެއްހާ ރުފިޔާ ވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ. އެހެން ނަމަވެސް މި މައްސަލަތަކަށް 2 އަހަރުވެފައި ވީއިރުވެސް, އެކަމުގެ ހަގީގަތް ހޯދުމުގައި ރައީސް ސާލިޙްގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.