ޚަބަރު

އޮކްޓޯބަރު މަހުން ފެށިގެން ޤަވާޢިދާ ޚިލާފް ނަންބަރު ބޯޑުތަކަށް ފިޔަވަޅު އަޅަނީ!

މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ އޮކްޓޯބަރު މަހުން ފެށިގެން ޤަވާއިދާއި އެއްގޮތަށް ނުހުންނަ ނަންބަރު ބޯޑުތަކަށް ފިޔަވަޅު އަޅަންފަށާނެ ކަމަށެވެ. އަދި ސެޕްޓެމްބަރ މަހުގެ ނިޔަލަށް ފުލުހުން ނަސޭހަތްތެރިވާނެ ކަމަށެވެ.

ޤަވާއިދުގާވާ ގޮތުގައި އުޅަނދުގެ ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ ”އޭރިއަލް ބޯލްޑް“ ފޮންޓުން ކަމަށާއި، ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓި މީޓަރަށްވުރެ ދިގުކޮށޤ ހުރުން މަނާކަމަށެވެ. މީގެ އިތުރުން، އަކުރުތައް ވަކިން ކަނޑާނަގާގެން ބޭނުންކުރުން އަދި އެއް މިލި މީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުރުން މަނާ ކަމަށާއި ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުންވެސް މަނާވާނެކަމަށެވެ.
މާލެ ސިޓީގެ ގިނަ ހިސާބު ތަކެއްގައި މިނީ ބަހުގެ ހިދުމަތް ދިނުމުގެ ޕާކް ކުރުން މަނާކޮށްފައިވާ އިރު، ހުޅުމާލެ އަދި މާލެ ސިޓީގެ ގިނަ ހިސާބުތަކެއްގައި ޗެކް ޕޯސްޓް ހުންނަކަން ފާހަގަ ކުރެވެއެވެ.

ޕާކިންގ ސްޕޭސް ބަސް ހުއްޓި ތަކަށް ދިނުމުގެ ސަބަބުން އާއްމުންނަށް ޕާކިންގ ކުރާނެ ޖާގަ ގެއްލިފައިވާކަމާއި މިކަމުގެ ސަބަބުން މަގުގެ އެހެން ހިސާބުތަކުގައި ޕާކް ކުރުމުން ޖޫރިމަނާ އާއި ކުރި މަތިލާން ޖެހި އިތުރު ތަކުލީފްތަކެއް އުފުލަން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button