
މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު، ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާން މަރާލާފިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ޕޮލިހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ބުނެފައިވަނީ އަޒްހާާންގެ މަރުގެ ހަގީގަތް ހޯދުމަށް ހަށިގަނޑު ޕޯސްޓްމޮޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްފަހު މިހާަތަނަށް ހޯދިހޯދުމުން އޭނާ މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށާއި ޕޯސްޓްމޮޓަމްގެ ވަގުތީ ރިޕޯޓުން އެނގޭ ގޮތުގައި ހަށިގަނޑަށް ބޮޑެތި އަނިޔާއެއް ލިބިފައި ނުވާކަންވެސް ފާހަގަކުރެވޭކަމަށެވެ.
އަޒްހާާންގެ ހަށިގަނޑު ފެނިފައިވަނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދާާތާ ދެ ހަފްތާ ފަހުން ހުޅުމާލެ ސްކޭޓް ސަރަހައްދު ކައިރިން ވޯޓާ ޕާކް ހަދަން ދޫކޮށްފައިވާ ހިސާބުގެ ވިނަތަކުގެތެރޭގައި މަރުވެ ކުނިވެފައި ވަނިކޮށެވެ.
ރާއްޖޭގައި ފަހަކުން އައިސް މިގޮތަށް ގޮތް ނޭގޭ މަރުތައް އިތުރުވަމުން ދެއެވެ. އަދި އެކި ހާދިސާ ތަކުގައި ގެއްލި ނުވަތަ މަރުވެފައިވާ މީހުންނަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއްވެ އެ އާއިލާތަކުން މާޔޫޫސްކަމެއްގައި ތިބޭތަން ފެނިގެންދެއެވެ.