ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ފިރިހެނަކު ގެއްލިގެން ހޯދަން ފުލުހުން މިރޭ އިއުލާން ކޮށްފިއެވެ.
މުހައްމަދު އަޒުހާން 27، ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރު ކަމަށާއި، އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި، ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ސޯޝަލް މީޑިއާގައި ބަޔާންކޮށްފައިވެއެވެ.
– މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުން އެދެން
2/2— Maldives Police (@PoliceMv) September 20, 2022
މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުމަށް ފުލުހުން އެދެއެވެ.