
މާލެ ސިޓީގެ މޭޔަރ އަދި ޕްރޮގްރެސިވް ޕާޓީގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށް ވިދާޅުވެއްޖެއެވެ.
މޭޔަރ މުއިއްޒު މިހެން ޓްވީޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ގަވާއިދާ ހިލާފަށް ވެހިކަލްތަކުގެ ނަންބަރު ބޯޑުތައް ހުންނަނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އަންގާފައިވަނިކޮށެވެ. ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމުގައެވެ. ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް! ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް! ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ޙާލަތެއް އޮންނާނެ! pic.twitter.com/rkxmNQsHVt
— Dr Mohamed Muizzu (@MMuizzu) September 29, 2022
މީގެ އިތުރުން ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ހާލަތެއް އޮންނާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
ތަރުތީބު ތިޔައޮޅުނީ މުޢިއްޒުއަށް ދެއްތޮ، އެހެނީ ޤާނޫނު އަކުން އެކަން ކުރަން އަންގާފަ އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ދެއްތޮ، ކިތަންމެފަހަރަކު ލަސްކޮށްފި ދެއްތޮ…؟
Kalo thiyahen halheyh lavanee mihaaru. Verikan libey iran handhaan nethey. Market golhi thakun bangaalheen huskurihen thikan dhaanee.
Makarey