ޚަބަރު

ޖޫރިމަނާކޮށްގެން ސަރުކާރުން 60 މިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފި

މި އަހަރުގެ މިހާ ހިސާބަށް އައިއިރު ސަރުކާރުން ޖޫރިމަނާގެ ގޮތުގައި 60 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ހޯދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ވަނީ 60.4 މިލިއަން ރުފިޔާ ލިބިފައެވެ. ޖޫރިމަނާ ކޮށްގެން މިހާ ބޮޑުއަދަދެއް ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް އަންދާޒާ ކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އާންމު ފަރާތްތަކުގެ އަތުން ބަރާބަރަށް ފައިސާ ނަގަމުންދާއިރު، މުއްސަނދި މަހުޖަނުން ހިންގާ ރިސޯޓުތަކާއި ވިޔަފާރިތަކުން ދައްކަން ޖެހޭ ޖޫރިމަނާ ރައީސް އިބްރާހިމްގެ ސަރުކާރުން މާފުކޮށްދެއެވެ.

ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދަޢުލަތަށް އާމްދަނީ ހޯދުން ހުއްޓާލެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ރިޔާސީ ވަޢުދެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވީ ޕާކުކުރެވޭނެ ގޮތެއްނުހޯދައިދީ ޖޫރިމަނާ ނުކުރާނެކަމަށާއި، ޖޫރިމަނާކޮށްގެން ދަޢުލަތަށް އާމްދަނީ ހޯދުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން އެތައް މިލިއަން ފައިސާ ހޯދައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button