ޚަބަރުސިޔާސީ

ޖޫރިމަނާކޮށްގެން 10 މިލިއަނަށްވުރެ ބޮޑު އަދަދެއް ސަރުކާރުން ހޯދައިފި

ޖޫރިމަނާ ކޮށްގެން މިއަހަރުގެ މިހާތަނަށް، ސަރުކާރުން 10 މިލިއަނަށްވުރެ ބޮޑު އަދަދެއް ހޯދައިފި ކަމަށް، ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުވަރީ 2 ގެ ނިޔަލަށް، ސަރުކާރުންވަނީ ޖޫރިމަނާގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ހޯދާފައެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޖޫރިމަނާކޮށްގެން، 13.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދު މި އަހަރާ އަޅާބަލާއިރު މަދުވެފައިވަނީ، އެމްޑީޕީގެ ޕްރައިމަރީ އިންތިހާބާއި ދިމާކޮށް މާލެތެރޭގައި ވައެލޭޝަން ސްޓިކަރ ޖެހުން ދިވެހި ފުލުހުންގެ ހިދުމަތުން މަދުކޮށްފައިވާތީ ކަމަށް ބެލެވެއެވެ.

މިއަހަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 82.7 މިލިއަން، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ މަހާއި މި މަހުގެ 2 ދުވަސް ލައިގެން ޖުމްލަ 10.4 މިލިއަން ސަރުކާރަށް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރު ޖޫރިމަނާކޮށްގެން ސަރުކާރަށް އާމްދަނީގެ ގޮތުގައި 62.4 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރިނަމަވެސް، އަހަރު ނިމުނު އިރު މި އަދަދު ވަނީ 252.1 މިލިއަނަށް އަރާފައެވެ. އެހެންކަމުން މިއަހަރު ޖޫރިމަނާކޮށްގެން ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކުރިވަރު އެތައް ގުނައަކަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ޖޫރިމަނާކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ ބޮޑު އަދަދުތަކަކުން އިތުރުވާއިރު، 2018 ވަނަ އަހަރު ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް ވަނީ ޖޫރިމަނާ ކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ ހޯދުން ހުއްޓާލައްވާނެކަމަށް ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button