ޚަބަރުސިޔާސީ

ޖޫރިމަނާ ފައިސާގެ ގޮތުގައި 220 މިލިއަން ރުފިޔާ ހޯދައިފި

ޖޫރިމަނާ ފައިސާގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 220 މިލިއަން ރުފިޔާ ދައުލަތުން ހޯދައިފިއެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރު ފެށިގެން މި މަހު 10 އަށް, ދައުލަތަށް 220 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި 62.4. މިލިއަން ރުފިޔާ ލިބެނޭ އެވެ. އެހެންނަމަވެސް، މިހާތަނަށް 220 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 157.6 އިތުރު އަދަދެކެވެ.

ޖޫރިމަނާކޮށްގެން އާމްދަނީ ހޯދުން ހުއްޓުވާލާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނައަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަންފައިވެއެވެ. އަދި ޕާރކް ކުރާނެ ތަނެއް ނުދައްކާ ޕާކިން ޖޫރިމަނާ ނުނަގާނެ ކަމަށްވެސް ވައުދުވެފައިވާއިރުގައި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ އަދަދުވަނީ ގިނަވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button