ޚަބަރު
ދިވެހި ދައުލަތުގެ ޑެފިސިޓް ބަޖެޓް 8.8 ބިލިއަނަށް!

ދިވެހި ދައުލަތުގެ ޑެފިސިޓް ބަޖެޓް 8.8 ބިލިއަން ރުފިޔާއަށް އަރާފިއެވެ.
ދައުލަތުގެ ހަރަދު ބޮޑުވެ, ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުން ދިވެހި ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ފަރަގު ވަނީ ވަރަށް ބޮޑުވެފައެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު 10 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 22,971.3 މިލިއަން ރުފިޔާ އެވެ. އެއާއެކު ބަޖެޓު ދަރަނި ވަނީ 8,847.8 މިލިއަން ރުފިޔާ، ނުވަތަ 8.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ތަފާސްހިސާބުގައިވާ ގޮތުން މި މަހު 10 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ %72 އަކީ ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ 16,616.1 މިލިއަން ރުފިޔާ އެވެ.
އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ބަލާއިރު ބޮޑު ބަޔަކީ ހިންގުމުގެ ހަރަދެވެ.