194 މިލިއަނަށްވުރެން ގިނަ ރުފިޔާ މިއަދުގެ މިހާތަނަށް ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކަށް ހަރަދުކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަަލަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކަށް 194.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔައަހަރުގެ މި މުއްދަތާ އަޅާ ބަލާއިރުގައި 58.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ސަރުކާރުން ކުރި ދަތުރުތަކަށް 185.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ދައްކާފާވާއިރު, މި މަހުގެ 10 ގެ ނިޔަލަށް 194.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެެވެ. އެހެންކަމުން, މިއީ 2 ހަފްތާގެ ތެރޭގައި 8.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ދަތުރުފުޅު ކުރެއްވުމަށް ވަރަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅެއްކަމަށް އެމަނިކުފާނު ވަނީ ރާއްޖެ ޓީވީ އަށް ދިން ބަސްދީގަތުމެއްގައި ވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް, ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއިން އަދި ވޯލްޑް ބޭނުންކުންވެސް ގޮވާލާފައިވާ އިރެއްގައި މިފަދަ ގޮތަކަށް ހަރަދުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމުގައި ގިނަ ބަޔަކު ދެކެއެވެ.