ޚަބަރު
ބަޖެޓަށް 160 މިލިއަން އިތުރުކޮށް ފާސްކޮށްފި

2023 ވަނަ އަހަރުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް, ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ފަހު އެ ކޮމިޓީން ނިންމީ ޕީއެސްއައިޕީއަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާށެވެ.
އެގޮތުން, ހުށަހެޅުނު އިސްލާހުތަކާއެކުގައި ޖުމުލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.
އިތުރު ހުށަހެޅުންތަކާއި، ރިކޮމެންޑޭޝަންތަކާއެކު ކޮމިޓީން ބަޖެޓު ފާސްކުރުމުން، ދެން ބަޖެޓު ދާނީ މަޖިލީހުގެ ތަޅުމަށެވެ.