ޚަބަރު

ގުދަން ރަޖިސްޓްރީ ނުކޮށް ކެމިކަލް އެތެރެކުރެވޭނެ އުސޫލު ހާމަކޮށްފި

ރާއްޖެއަށް އަށް ކެމިކަލް އެތެރެކުރާއިރު، ގުދަން ރަޖިސްޓްރީނުކޮށް ކެމިކަލް އެތެރެކުރެވޭނެ އުސޫލު ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖެއަށް ކެމިކަލް އެތެރެކުރާނަމަ ހުއްދަ ހޯއްދަވަންވާނެ ކަމަށާއި، އެހެންނަމަވެސް 200 ކިލޯގްރާމް ނުވަތަ 200 ލީޓަރަށްވުރެ މަދު މިންވަރެއްގެ ކެމިކަލް އެތެރެކުރާނަމަ ގުދަން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށެވެ.

200 ކިލޯގްރާމް ނުވަތަ 200 ލީޓަރަށްވުރެ މަދު މިންވަރެއްނަމަ 2019/ 1057-R ޤަވައިދުގައިވާ ފަދައިން ގުދަން ރަޖިސްޓްރީކުރަން ޖެހުމުން އިސްތިސްނާ ކޮށްދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި މިއާއިއެކު ހުއްދަ ޕޯޓަލްގެ ލިންކް https://t.co/uL8dOY7Di2 ވެސް ވަނީ ހިއްސާކުރައްވާފައެވެ.

މާލޭގައި ދާދިފަހުންވެސް ކެމިލް ރައްކާކޮށްފައި ހުރި ގުދަނެއް ފެނިގެން އެ މައްސަލަ ސޯޝަލް މީޑިއާގައި މީހަކު އާންމުކުރުމުން އެމްއެންޑީއެފުން ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފއެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މީގެ ހަތަރު އަހަރު ކުރިން ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހުގައެވެ. އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވި އިރު އެފަހުން މާލެއިން 40 އެއްހާ ކެމިކަލް ގުދަން ތިލަފުށްޓަށް ބަދަލުކުރި އެވެ.

ނަމަވެސް, އަދިވެސް މާލޭގައި ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ކެމިކަލް ގުދަންކުރަމުންދާކަމަށާއި، އެ ތަންތަން ބަލާ ފާސްކުރެވޭނެ އެކަށީގެންވާ ނިޒާމެއް އެކުލަވާލެވިފައި ނުވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button