މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް

ލިލީމަގުގައި ހުރި ގ.ގަސްކަރައިގެ އިރުމަތީބައިގައި ހުރި ގުދަނުގައި ގުދަން ކޮށްފައިވަނީ ކެމިކަލްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ގުދަނުގައި ކެމިކަލް ގުދަންކުރެވިފައި ހުރި ކަމަށް އެ ގުދަނުގެ މުވައްޒަފެއް ކަށަވަރުކޮށްދީފައިވާ ކަަމަށް ވެސް އެ ޓުވީޓުގައިވެއެވެ.
އަދި މިހާރު މިކަން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައި ކަމަށް ވެސް ޓުވީޓުގައި ބުނެފައިވެއެވެ.
މި މަޢުލޫމާތު ލިބުމުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ޓީމުން މިތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއްވަނީ ހަދާފައެވެ. އަދި މިތަނުގައި ޤަވާއިދާއި ޚިލާފަށް ބައެއް އެއްޗެތި ގުދަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުން މިހާރު ދަނީ މިކަން ބަލަމުންނެވެ.
މިކަމާ ގުޅިގެން ކުރެވުނު މަސައްކަތުން ފުލުހުންގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.