ޚަބަރުސިޔާސީ

އޭޕީޑީޔޫގެ ޗެއާމަނަކަށް ރައީސް ނަޝީދު އިންތިހާބުވެއްޖެ

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން (އޭޕީޑީޔޫ) ގެ ޗެއާމަނަކަށް އެމްޑީޕީ ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަންނަވައިފިއެވެ.

މި ޖަމިއްޔާގެ ޗެއާމަނަކަށް ރައީސް ނަޝީދު އިންތިހާބުވުމާއި ގުޅިގެން އެމްޑީޕީންވަނީ އެމަނިކުފާނަށް ތަހުނިޔާ ދަންނަވާފައެވެ.

އޭޕީޑީޔޫ އަކި އިންޓަނޭޝަނަލް ޑިމޯކްރެޓިކް ޔޫނިއަންގެ ގޮތްޕެކެވެ. މިއީ ސަރަހައްދީ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ މި ޖަމިއްޔާގެ ކުރީގެ ޗެއާމަނަކީ ރަނިލް ވިކްރަމަސިންހާއެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ 14 ޕާޓީއެއް މި ޖަމިއިއްޔާގައި ބައިވެރިވެފައިވެއެވެ. އަދި މި ޖަމްއިއްޔާގެ އަމާޒަކީ މިނިވަންކަން ކުރިއެރުވުމާއި މެންބަރު ޕާޓީތަކުގެ ޝައުގުވެރިކަން ހުންނަ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން މިނިވަން ވިޔަފާރިއަށް ހިތްވަރު ދިނުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button