ޚަބަރުދުނިޔެ

އިންޑީއާގެ ދިއްލީ ޓެކްނޮލޮޖީ ޔުނިވާރސިޓީގެ ވަޓްސްއެޕް ގުރޫޕުގައި މުސްލިމް އަންހެނުން ރަހީނުކޮށް މުސްލިމު ފިރިހެނުން ސްޓެރަލައިޒްކުރަން ގޮވާލައިފި

އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމު އަންހެނުން ރަހީނުކޮށް އެމީހުންނާ ގަދަކަމުން ކައިވެނިކުރުމަށާއި، މުސްލިމު ފިރިހެނުންނަށް ދަރިން ނުލިބޭގޮތް ހެދުމަށް ނުވަތަ ”ސްޓެރަލައިޒްކުރަން“، އިންޑީއާގެ ދިއްލީ ޓެކްނޮލޮޖީ ޔުނިވާރސިޓީގެ ވަޓްސްއެޕް ގުރޫޕުގައި ގޮވާލާއިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އެ ވަޓްސްއެޕް ގްރޫޕުގެ ޗެޓްލޮގެއް ޓްވިޓާގައި ލީކުވުމާ ގުޅިގެންނެވެ. އެ ޗެޓްލޮގުގައި މުސްލިމުންނާ ދޭތެރޭގައި ކަންތައްކުރާނެގޮތް ހިންދޫއިން ރާވަމުންދިޔަކަން ފާހަގަކުރެވެއެވެ. މުސްލިމް ފިރިހެނުން އެމީހުންގެ އަނބިން ގެއިން ބޭރަށް އެއްވެސް ވަރަކަށް ނުނެރޭކަމަށާއި، އެކަން ހުއްޓުވުމަށް މުސްލިމު އަންހެނުން ގަންނަން ނުވަތަ ރަހީނުކުރަން ޖެހޭކަމަށް ވާހަކަތަކެއް ދައްކާފައި އެބަހުއްޓެވެ. އަދި މުސްލިމު ފިރިހެނުން ސްޓެރަލައިޒްކުރަން ޖެހޭ ކަމަށާއި، މިއިން ކަމެއް ނުކުރެވޭނަމަ، އިންޑިއާގައި އުޅޭ މުސްލިމު ރަށްވެހިން އެކުގައި ނައްތާލަން ޖެހޭކަމަށް، ހިންދޫން ވިސްނާކަން ހާމަވެއެވެ. އެގޮތުން އެކި ފަހަރު މަތިން ބޮން ގޮއްވައިގެން ނަމަވެސް މުސްލިމުންގެ އާބާދީ ނައްތާލަން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް މުސްލިމުން މެރުމަށް ހިންދޫދީނުގެ ދީނީ ލީޑަރުން ގޮވާލާފައިވެއެވެ. އަދި މުސްލިމުންނާމެދު ނަފުރަތު އުފެދޭ ވާހަކަތައް ހިންދޫ ނޭޝަނަލިސްޓް ލީޑަރުން ގެންދަވަނީ ފަތުރަމުންނެވެ. ފާއިތުވި މަސްތަކުގައި މުސްލިމުންނަށް އަމާޒުކޮށް ގިނަ ސްޓޭޓްތަކެއްގައި ބޮޑެތި އަދި ހަމަނުޖެހުންތައް ހިނގާފައިވާއިރު، އޭގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް ހިންދޫ ނޭޝަނަލިސްޓް ހިނގާލުންތައް ބޭއްވުމާއި މިސްކިތްތަކަށް ގެއްލުންދިނުން ހިމެނެއެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މުޒައްފަރުންގައި، ފެމިލީ ޕްލޭނިން ކްލިނިކަކަށް މުސްލިމުންގެ ބަޔަކު ހިލަ އުކައި މުޒާހަރާކޮށް އުޅުނެވެ. އެއީ ދަރިން ނެތް ކައިވެނި ނުކުރާ މުސްލިމް ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިން ތިބި މީހުންނަށް މަޖުބޫރުކޮށް ސްޓެރިލައިޒް ކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް ކުރި މުޒާހަރާއެކެވެ. އެ މުޒާހަރާތައް ކަނޑުވާލުމުގެ ގޮތުން ފުލުހުން ވަނީ 25 މުސްލިމް ރަށްވެހިން މަރާލައިފަ އެވެ. އޭގެ ފަހުން ފެމިލީ ޕްލޭނިން ކޭމްޕް ކައިރީގައި ހުރި މިސްކިތަކަށް ވެސް ފުލުހުން ވަދެ، މިސްކިތުގެ ތެރޭގައި އިތުރު ތިން މީހަކު ބަޑިޖަހައި މަރާލި އެވެ. އެއަށްފަހު ފުލުހުން ބަޑިޖެހުމުގެ ޝިކާރައަކަށްވި މީހުން ކައިރީގައި ހުރި ކޯރަކަށް އެއްލާލީ މަރުތައް ސިއްރުކުރުމަށެވެ.

1947 ވަނަ އަހަރު އިންޑިއާ ބައިބައިވި ފަހުން މުސްލިމުންނާ ދެކޮޅަށް ދީނީ ހަމަނުޖެހުންތައް ހިންގަމުން އަންނަ އިރު، ގިނަ ފަހަރަށް ހިންދޫ ނޭޝަނަލިސްޓް ޖަމާއަތްތަކުން މުސްލިމުންނަށް ދޭ ހަރުކަށި ހަމަލާތަކުގެ ސިފައިގައި ހިންދޫންނާއި މުސްލިމް މުޖުތަމައުތަކުގެ މެދުގައި ފިތުނަފަސާދަ އުފެދިފައިވާ ހަމަނުޖެހުންތަކުގެ ވައްޓަފާޅިއެއް އުފެދެ އެވެ. 1954 ވަނަ އަހަރުން ފެށިގެން 1982 ވަނަ އަހަރާ ދެމެދު ހިނގި 6،933 ހަމަނުޖެހުންތަކުގައި 1950 ވަނަ އަހަރުން ފެށިގެން ހިންދޫ-މުސްލިމް ހަމަނުޖެހުންތަކުގައި 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button