ޚަބަރުދުނިޔެ

އިންޑިއާގައި ހިންދޫ ހަރުކަށި ފިކުރުގެ ބަޔަކު މުސްލިމް ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

އިންޑިއާގެ މަހާރަޝްތުރާ ސަރަހައްދުގައި ހިންދޫ ންގެ ބަޔަކު އާދަމް ޚާން ނަމަކަށް ކިޔާ މީހަކަށް އަނިޔާވެރިކަމާއެކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

ވީޑިއޯއިން އާދަމް ޚާނަށް ދިން ވިޝުއަލް އެޓޭކަކީ ގިނަ ބަޔަކަށް ނުފެންނަ ވަރުގެ ހިތްދަތި ހަމަލާއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ނާލަސޯޕާރާގެ ގަހަނާ ފިހާރައަކުން އަގުބޮޑު ތަކެތި ވަގަށް ނެގި ކަމަށް ބުނެ އުމުރުން 27 އަހަރުގެ މީހާ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޑެއިލީ ޓައިމްސް ގައި ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ބުނީ އާދަމް ޚާން ފިހާރައަކުން އަގުބޮޑު ތަކެތި ވަގަށް ނަގަން އުޅުމުގެ ތެރޭގައި އާންމުން އޭނާއަށް ހަމަލާ ދީފައިވާ ކަމަށެވެ.

އާދަމް ގަހަނާ ފިހާރައަކަށް ވަދެ އަތުލައިގަތީ އަގުހުރި ތަކެތި ވަގަށް ނަގަން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ހައެއް ނުވަތަ ހަތް މީހުން އެ ސަރަހައްދަށް ގޮސް ވަގުތުން އޭނާއާ ހަނގުރާމަކުރަން ފަށައެވެ. އެ މީހާގެ ގައިގައި ދަގަނޑު ބުރިން ބައެއް މީހުން ތަޅައި، މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ކައިރީގައި އެއްވެ ތިބި މީހުން ފުލުހުންނަށް އެކަން އެންގުމުން ޕެލްހާރް ޕޮލިސް ސްޓޭޝަންގެ އޮފިސަރުން އެތަނަށް ގޮސްފައިވެއެވެ. ފުލުހުން ބުނީ އާދަމް ދިރިއުޅެމުން ދަނީ އާއިލާއާއެކު ނާލާސޯޕާރާގެ ސަންތޯޝް ބަވަން ސަރަހައްދުގައި ކަމަށެވެ. އަދި އޭނާގެ ބައްޕަ ޝޭރް މުހައްމަދު ޚާން ބުނީ އާދަމް ވަނީ ކަންދީވަލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓުކޮށްފައެވެ.

އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްގައި ޝެރް މުހައްމަދު ޚާން ބުނިގޮތުގައި އަސްލު މި ހާދިސާ ހިނގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު އާދަމް ޚާނުގެ އާއިލާ ނިދާފައި ތިއްބާ އެގެ ކައިރީގައި ހުރި ފާޚާނާއަކަށް ދިޔަ މަގުމަތީގައި މުކޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު ކުއްލިއަކަށް އައިސް އާދަމްއާ ދިމާލަށް އިޝާރާތްކޮށް ”ޗޯރް ޗޯރް ޗޯރް“ ގޮވަން ފެށީ ކަމަށެވެ. އަދި ބަޔަކު މީހުން އޭނާގެ ބޮލާއި ފައިގައި ޖަހައި މާރާމާރީ ހިންގާފައިވެއެވެ.

މި މާރާމާރީއާ ގުޅިގެން، ސަބް އިންސްޕެކްޓަރ އަނިލް މަސްކޭ ވިދާޅުވީ އާދަމްއަށް އަނިޔާވެރި ގޮތަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އާދަމްގެ މައްޗަށް ވައްކަން ކުރަން އުޅުނު ކަމުގެ އެފްއައިއާރު ވެސް ރަޖިސްޓްރީ ކޮށްފައިވާއިރު، އެ މައްސަލަ ހުށަހަޅާފައިވަނީ ”ޖައި ބަވާނީ ޖުވެލަރސް“ގެ ވެރިފަރާތުން ކަމަށެވެ.

މަހާރާޝްތުރާގެ ނާލާސޯޕަރާގައި ހިނގި މި ހިތާމަވެރި ހާދިސާގެ ވީޑިއޯ ވައިރަލްވުމާއެކު އިންޑިއާ ވެއްޓިފައިވާ ކޮމިއުނިޒަމްގެ އަޑިތައް ހާމަވެގެންދާކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަހަކަށް އައިސް އިންޑިޔާގައި ހަމަނުޖެހުންތައް އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ރާމް ނަވާމީގައި އެ ގައުމުން ރޮކެޓް ޖަހަމުން ދިޔަ މަންޒަރުތަކެއްވެސް ފެނިފައިވެއެވެ. މިއީ އިންޑިއާގައި ރާމް ނަވާމީގައި މިފަދަ ހަމަނުޖެހުންތަކެއް ހިންގި ފުރަތަމަ ފަހަރެވެ.

ދިއްލީ މައިނޯރިޓީސް ކޮމިޝަންގެ ޒަފަރުލް-އިސްލާމް ޚާން ވިދާޅުވީ މަހާރާޝްތުރާގެ ޕެލްހާރް ޕީއެސްގެ ނާލާސޯޕާރާ (އީ) ގައި އާދަމް ޚާން ނަމަކަށް ކިޔާ މީހަކަށް މިފަދަ އަނިޔާވެރިކަމެއް ކުރިމަތިވެފައިވާއިރު، އިންޑިއާގެ އަމަން އަމާންކަމުގެ ހާލަތާ މެދު އެއްވެސް ވާހަކައެއް ދައްކަން ޖާގައެއް ނެތްކަމުގައެވެ.

”މިއީ ވަރަށް ބިރުވެރި ކަމެއް، މި މީހުން ގާނޫނު އަތުގައި ހިފައި، މީހަކަށް އަނިޔާވެރިކޮށް އަނިޔާކުރި ގޮތް، މި ކުށްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާނެތަ؟“ މިކަމާ ގުޅިގެން ނުތަނަސްވެފައިވާ އެހެން މީހަކު ބުނުފައިވެއެވެ.

އިތުރު މީހަކު ބުނި ގޮތުގައި މި ހަމަނުޖެހުންތަކަކީ ހަމައެކަނީ ދީނީ ގޮތުން ހިނގާ ހަމަނުޖެހުންތަކެއް ނޫން ކަމަށެވެ. މި ވަގުތަކީ އިންސާނިޔަތުކަން އިސްކޮށް އެންމެން އެއްބައިވެ، ހަރުކަށި ފިކުރާ ދެކޮޅަށް ހަނގުރާމަކުރަންވީ ވަގުތު ކަމަށް އެމީހާ ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި މުސްލިމުންގެ މުޖުތަމަޢަށް ގިނަ ޢަދަދެއްގެ ޙަމަލާތައް ދީފައިވަނީ އެންމެ ހިނދުކޮޅަކަށްވެސް އަރާމުކޮށްލުމެއް ނެތިއެވެ. ހާއްސަގޮތެއްގައި މުސްލިމުންގެ އީދާ ގުޅުވައިގެން ދޭ ހަމަލާތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މީގެ އިތުރުން، ގެރިމަސް މަނާކުރުމުގެ ގާނޫނާއި ހިޖާބުގެ ގާނޫނާއި، ލޯބީގެ ޖިހާދާ މެދު އާ ބިރުވެރިކަން އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން ހަމަލާތައް އެތައް ސަތޭކަ ގުނައެއް އިތުރުވެގެން ގޮސްފައިވެއެވެ. މުސްލިމުންގެ ގެތަކާއި ވިޔަފާރިތައް ރޯކޮށްލުމާއި ބުލްޑޯޒް ކުރަމުން ދަނިކޮށް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާވެރި ގޮތަކަށް ހަމަލާ ދީފައިވެސް އެބަހުއްޓެވެ.

އިންޑިއާގައި އާބާދީގެ ގާތްގަނޑަކަށް 16 އިންސައްތަ ކަމުގައިވާ އިންޑިޔާގެ މުސްލިމުންނަށް ބިރުވެރިކަން އިހުސާސްނުކުރެވޭ ދުވަހެއް މަދުވާނެއެވެ. ސަރުކާރުން މިހާރުން މިހާރަށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހެއެވެ. މައިނޯރިޓީންނަށް އަބަދުވެސް މެޖޯރިޓީގެ ފަރާތުން އިތުރު އަނިޔާތައް ލިބެމުންދާއިރު، އެމީހުންނަށް ނުރައްކާވެ، ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ ބިރު ބޮޑެވެ.

ޖެނޯސައިޑް ވޮޗްގެ ބާނީ ޕްރޮފެސަރު ސްޓެންޓަން އަންދާޒާ ކުރެއްވި ގޮތުގައި ”އިންޑިއާ އޮތީ ޖެނޯސައިޑްގެ 8 ވަނަ މަރުހަލާގައެވެ. މިއީ މުސްލިމުން ނައްތާލުމާ އެންމެ ފިޔަވަޅެއް ދުރުގައި ވާ މަރުހަލާއެއްކަމަށް ޕްރޮފެސަރު ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button