ޚަބަރުދުނިޔެ

މުސްލިމް އަންހެނަކު ރޭޕުކޮށް، 3 އަހަރުގެ އަންހެން ދަރިފުޅާއި، އާއިލާގެ 14 މީހުން މަރާލި ބަޔަކު މޯދީގެ އޯޑަރަށް މިނިވަންކޮށްފި

އިންޑިއާގެ ގުޖުރާތުގައި މުސްލިމް އަންހެނަކު ރޭޕުކޮށް، 3 އަހަރުގެ އަންހެން ދަރިފުޅާއި، އާއިލާގެ 14 މީހުން މަރާލި 11 ފިރިހެނަކު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޯޑަރަށް މިނިވަންކޮށްފިއެވެ.

ބިލްކިސް ބަނޯ ނަމަކަށް ކިޔާ މުސްލިމް އަންހެން މީހާ ރޭޕު ކުރުމަށްފަހު އާއިލާ އެންމެން ”ކޮށައިލީ“ 2002 ވަނަ އަހަރުގައެވެ. އަދި އެ މައްސަލައިގައި ހިމެނޭ 11 މީހުންނަށް ކޯޓުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް އިންޑިއާގެ ބޮޑުވަޒީރުގެ އޯޑަރަށް އެމީހުން މިނިވަންކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނީ ހޯމް މިނިސްޓްރީގެ ފަރާތުން އަމިތު ޝާހުއެވެ. އެމީހުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި އިންޑިއާގެ ހައްދުފަހަނައެޅި ބީޖޭޕީ ސަރުކާރުން ބުނީ އެއީ ޖަލުގައި ގިނަ ދުވަސްވެ، އެމީހުންގެ އުމުރުން ދުވަސްވުމާއި، ޖަލުގައި އުޅޭ އުޅުމުގައި އެމީހުންގެ އަހުލާގު ރަނގަޅުވުމުން ކަމުގައެވެ.

މިކަމާ ގުޅިގެން ބިލްކިސް ބަނޯ ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ދޫކޮށްލި ހަބަރު އެނގުމާއެކު އޭނާ އަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމުގައެވެ. އެ ހާދިސާއިން ބިލްކިސް ސަލާމަތްވީ އޭނާ ހޭނެތުމުން މަރުވީކަމަށް ރޭޕިސްޓުންނަށް ހީކުރެވިގެންނެވެ. ރޭޕުކޮށް މަރާލި ބިލްކިސްގެ އާއިލާ މީހުންގެ ތެރޭގައި ވިހޭތާ ދެ ދުވަސްވެފައިވާ މުސްލިމް އަންހެނަކާއި އޭނޭގެ ދަރިފުޅުވެސް ހިމެނެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button