ޝެއިޚް ނިޝާންގެ ސުވާލެއް އިމްރާނަށް: ގުރުއާނުގެ ކުރީގެ ތަރުޖަމާތައް މިސްކިތްތަކާއި ޖަލުތަކުގައި ފަތުރަނީ ކީއްވެ؟

ގުރުއާނުގެ ކުރީގެ ތަރުޖަމާތައް މިސްކިތްތަކާއި ޖަލުތަކުގައި ފަތުރަނީ ކީއްވެތޯ ޝެއިހް އާދަމް ނިޝާން ހޯމް މިިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ދީނީ ޕާޓީ، އަދާލަތުގެ ރައީސް އިމްރާން އާއި ސުވާލު ކުރައްވައިފިއެވެ.
ޝެއިހް ނިޝާން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިމްރާން މެން ފަދަ ދީނީ ބޭފުޅަކަށް މިއަދު އާރާއި ބާރު ލިބިފައިވާއިރު، ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާނުގެ ކުރީގެ ތަރުޖަމާ ހުރުމަކީ ކަންބޮޑުުވުމެއް ކަމުގައެވެ. އެ ތަރުޖަމާގައި އަގީދާގެ ބޮޑެތި މައްސަލަތައް ހުރިކަމަށާއި، ހާއްސަކޮށް އީސާ އަލައިހިއްސަލާާމް އަލުން އަނބުރާ ދުނިޔެއަށް ވަޑައިގަންނަވާނެކަމަށް ގުރުއާަަނާއި ރަސޫލާ (ސއވ) ގެ ސައްހަ ހަދީޘްފުޅުތަކުގައި ބަޔާން ވެފައިވާ ވާހަކަތައް ދޮގުކޮށް، އެކަލޭގެފާނު އަވަހާރަވެފައިވާކަމަށް ލިޔެފައިވެއެވެ. އަދި ކީރިތި ގުރުއާނުގެ ނިސާ ސޫރަތުގައި މާތްރަސްކަލާނގެ ހަޒްރަތައް އެކަލޭގެފާނު އުފުއްލެވުނީ ކަމަށް ޝެއިހް ވިދާޅުވިއެވެ.
”އަދިވެސް މި ތަރުޖަމާތައް އަޅުގަންޑުމެންގެ ތެރޭގައި ހުރުމަކީ ހިތާމަހުރިކަމެއް. އެކަމުގެ ޒިންމާ އެޅިފައިވާ ފަރާތްތައް އެއީ ވެރިން ކަމުގައި ތިބި ފަރާތްތަކުން ހާއްސަކޮށް އިސްލާމިކް މިނިސްޓްރީ އިން މިކަން ރަނގަޅަށް ބައްލަވާ، އަގީދާއާ ހިލާފު އެއްޗެހި މުޖުތަމައު ތެރޭގައި ފެތުރިގެން ނުދާނެގޮތަށް ނައްތާލުމަށް.“ ޝެއިހު ވިދާޅުވިއެވެ.
ކީރިތި ގުރުއާނަކީ ވަރަށްބޮޑު އަމާނާތެއް ކަމަށާއި، ގުރުއާނާއި ސުންނަތާއި ދެކޮޅު ހިލާފު އަގީދާ ގަބޫލުކުރެވެނީ މިފަދަ އެއްޗެހި ފެތުރޭތީ ކަމަށާއި، މީ ވަރަށް ހިތާމަ ހުރިކަމެއް ކަމަށް ޝެއިހު ވިދާޅުވިއެވެ.
ދޫނިދޫގައި ތިއްބެވި ފުލުހުންގެ އެންމެ އިސްވެރިންނަށް އެތަށްފަހަރަކު ވަނީ މިކަން ހިއްސާކޮށްފައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް މި ތަރުޖަމާތައް ނަގައިދިނުމަށް އެދެފައިވާނެކަށާއި އެކަމަކު ޔޯގާގެ މައްސަލައިގައި ޝެއިހު އާދަމް ނިޝާން ޖަލުން ނެރުނު އިރުވެސް އެކަން ނުވާކަމަށް އެބޭފުޅާގެ މިޕޯސްޓްގައި ވެއެވެ.
މީނައަށް އެގޭބާ މި ތަރުޖަމާ ފަތުރަން ފެށި ދުވއހެއް
Salafiyaa nishaan
މސޭހާއިދިކޮޅަށްކޮމެންޓުކޮންފާމިވަނީ ދީނާވަރަށްއިދިކޮޅުމީހެންކަން ޔަގީންކުރެވޭ މި ަ
Mi ulhey sheikhunnah neygey hukumeh dheenugai ove eve. Qaumeh gai fithuna fasaadha ufadhahaa meehaa ah jehenee saleebah aruvaafa athaa fai burikuran kameve.
މައްސަލައަކީ ތިމާމެންރުހޭ ވެރިކަމުގައި ޔޯގާވެސް ތަރުޖަމާޥެސް މައްސަލައަކައްނުވުން
2015ގައި އިންޑިޔާއިން ޔޯގާ ބައިނަލުއަގުވާމީ ގޮތުން ފާހަގަކުރެވޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމައް ހުށައެޅުމުން އެކަމައް ޔާމީނު ސަރުކާޜުން ތާއީދުކޮށް