ޚަބަރުސިޔާސީ

3 އަތޮޅެއްގައި ހޮސްޕިޓަލް އިމާރަތް ކުރާނެ ފަރާތެއް ހޯދަނީ!

ރާއްޖޭގެ ތިން އަތޮޅެއްގެ ތިން ރަށެއްގައި ހޮސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ހެލްތް މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އެ ރަށް ތަކަކީ ހއ.ހޯރަފުއްޓާއި، ރ.މީދޫ އަދި މީގެ އިތުރުން ބ. ތުޅާދޫ އެވެ.

އެގޮތުން  އަހަރުގެ ބަޖެޓުގައި 500،000ރ. ހިމަނާފައި ވަނީ ހއ.ހޯރަފުށީ ހޮސްޕިޓަލުގެ މަޝްރޫއަށެވެ. މި މަޝްރޫއު ފެށޭނެކަމަށް ލަފާކޮށްފައިވަނީ މި ދިޔަ ޖުލައި މަހުއެވެ. އަދި ބ.ތުޅާދޫގެ ސިއްހީ މަރުކަޒު މަޝްރޫއަށް ބަޖެޓް ކޮށްފައިވަނީ 1,713,750ރ. ގެ ބަޖެޓެކެވެ. މި މަޝްރޫއު ފެށޭނެކަމަށް ލަފާކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. މީގެ އިތުރުން ރ.މީދޫ ހޮސްޕިޓަލުގެ މަޝްރޫއުއަށް 6,000,000ރ. ހިމަނާފައިވާއިރު، މި މަޝްރޫއު ފެށޭނެކަމަށް ލަފާކޮށްފައިވަނީ މި ދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މި ތިން ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަޝްރޫއު ނުފެށި ގިނަ ދުވަސް ވަމުން ދިއުމަކީ މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button