ޚަބަރު

ދައުލަތުގެ ބަޖެޓު ދަރަނި 10.3 ބިލިއަނަށް އަރައިފި

މިއަހަރުގެ ޖަވަނަރީ 1 އިން ފެށިގެން 8 ޑިސެންބަރުގެ ނިޔަލަށް، ދައުލަތުގެ ބަޖެޓުގެ ދަރަނީ 10.3 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު، އެ މިނިސްޓްރީއިން ދައުލަތުގެ އާމްދަނީއާ ޚަރަދުތަކާ ބެހޭ ހިސާބު އާންމުކުރާއިރު، މިއަހަރުގެ ޖަނަވަރީ 1 އިން 8 ޑިސެންބަރާ ހަމައަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައްކާއިރު، 17.9 ބިލިއަން ލިބިފައިވަނީ ޓެކްސް އާމްދަނީއިންކަމަށްވެއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީވެސް ޓެކްސްއިންނެވެ. އެނޫންގޮތްގޮތަށް ލިބިފައިހުރީ ޖުމްލަ 6.8 ބިލިއަން ރުފިޔާއެވެ.

މި މުއްދަތުގެ ތެރޭގައި، ދައުލަތުންވަނީ ޖުމްލަ 35.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ރިކަރަންޓު ހޭދައަށެވެ. އެއީ 25.6 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު އާންދަނީއަށްވުރެ އިތުރަށް ހޭދަވީ 10.3 ބިލިއަން ރުފިޔާ ހޯދާފައިވަނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މި ލޯނުތަކުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވެގެން، ކަރަންސީ ސްވޮޕް މެދުވެރިކޮށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެގުމަށް އެއްބަސްވެފައިވާ 200 މިލިއަން ޑޮލަރާއި، ޓީ-ބިލާއި ޓްރެޝަރީ ބޮންޑު ވިއްކުމުގެ އިތުރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button