ނުފޫޒު ބޭނުންކޮށްގެން ޕީއެސްއެމްގެ ކެމަރާމަނެއް ޕްރޮމޯޝަން ހޯދި މައްސަލައެއް އޭސީސީއަށް

ފަބްލިކް ސާރވިސް މީޑިއާ (ފީއެސްއެމް) ގެ ކެމެރާމަނެއް ނުފޫޒުބޭނުންކޮށްގެން ޕްރޮމޯޝަން ހޯދި މައްސަލައެއް އޭސީސީއުން ބަލަމުންދާކަން ހާމަވެއްޖެއެވެ.
ނުފޫޒުބޭނުންކޮށްގެން މަޤާމާއި މުސާރައިގެ ކުރިއެރުން ހޯދާފައިވަނީ ފީއެސްއެމްގެ ޓެކްނިކަލް ޕޫލްގެ ކެމެރާކަމެއްކަމަށްވާ، އަބްދު ރަޝީދުއެވެ. ކުރިން ރަޝީދު ހުރި މަގާމަކީ އެސިސްޓެންޓް ކެމެރާމަންގެ މަގާމެވެ. އެއީ އެސިސްޓެންޓް ކެމެރާމަން ޓީފީ 7 އެވެ. މުސާރައަކީ 5900/- ރުފިޔާއެވެ،. ނަމަވެސް މިހާރު ރަޝީދުގެ މަގާމަކީ ކެމެރާމަން ޓީފީ 4 އެވެ. އެއީ 7000/- ރުފިޔާގެ މުސާރައަކާ އެކުގައެވެ.
ފީއެސްއެމްގެ ޓެކްނިކަލް އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަން ނުދީވަނިކޮށް، ރަޝީދުއަށް ޕްރޮމޯޝަން ދިނުމަށް ބާރުއަޅާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާކަމަށް ތުހުމަތު ކުރެވެނީ އާރްޑީސީގެ އެމްޑީ މޫސާމަނިކު (މޫކޭ) ކަމަށް އަޑުފެތުރިފައިވެއެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވާއިރު، ތަނުގެ މެނޭޖްމަންޓްގެ އިސްވެރިންގެ މުސާރައަށް ބަދަލުގެނެސް އަމިއްލައަށް މުސާރަ އޮނިގަޑު އިސްލާހުކޮށް ބޮޑެތި މުސާރަ ނަގަމުންދާކަމަށް މުވައްޒަފުން ބުނެއެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ޓެކްނިކަލް ޕޫލްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން ވަނީ ހުއްޓާލާފައިވާކަމަށްވެސް މުވައްޒަފުން ބުނެއެވެ. އަދި ތަނުގެ ހިންގުން ދޯދިޔާވެ ފެންބިލް ނުދައްކައިގެންނާ ކަރަންޓްބިލްތަކަށް ބޮޑެތި އަދަދުތަކަށް ފައިސާ ދައްކަން ޖެހިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.