ޚަބަރުސިޔާސީ

2022 ވަނަ އަހަރުގެ ބަޖެޓަށްވުރެ އިތުރަށް ހައްދެއް ނެތި ސަރުކާރުން ހަރަދުކޮށްފި

ދަތުރުތަކަށް ހަރަދުކުރުމަށް 2022 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މިހާތަނަށް ސަރުކާރުން ހަރަދުކޮށްފިކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރުގައި, ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތަކަށް ސަރުކާރުންވަނީ 206.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މުޅިއަހައަށް ހަރަދުކުރުމަށް މި އަހަރު ފާސްކޮށްފައިވާ ބަޖެޓްގައި ހިމަނާފައިވަނީ 203 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޑިސެންބަރު މަސް ފެށުމާއި ހަމައަށް 3.8 މިލިއަން ރުފިޔާ ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް ދަތުރުކުރަންވަނީ ހަރަދުކޮށްފައެވެ.

އެތަށް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކުވެސް ދަތުރުތަކަށް ސަރުކާރުން ހަރަދުކުރަމުންދާއިރު, ފާއިތުވި އަހަރުވެސް ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ބައިނަލްއަގްވާމީ ގައުމުތަކަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ސޯލިހު ރާއްޖެ ޓީވީއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި މީގެ ކުރިންވެސް އެ މަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ދަތުރުކުރުމަށް 2023 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓުގައި މިހާރުގެ ސަރުކާރުންވަނީ 208.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން އަދި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީވެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިލްތިމާޒްކުރައްވާފައިވެއެވެ.

އެހެންނަމަވެސް, މި ސަރުކާރުގެ އިސްވެރިން އަންނަނީ ގިނަ އަދަދަކަށް ބޭރަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން,  ހާރިޖީ ވަޒީރު ޝާހިދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button