“ސޯލިހް” އެއީ ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއް ކަމަށް ވިދާޅުވެ ކުރީގެ ޔޫތް މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަލާމާތް ކުރައްވައިފިއެވެ.
މަލީހް މިހެން ވިދާޅުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި “ސޯލިހް“ އެއީ ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއްކަމަށާއި، އަލަށް އުފަންވާ ކުދީންނަށް ސޯލިހު ނަމުން ނަންދިނުން ދިވެހީން ހުއްޓާލައިފި ކަމަށް ވިދާޅުވެފައިވެއެވެ.
"ސޯލިހް" އެއީ ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއް. އަލަށް އުފަންވާ ކުދީންނަށް ސޯލިހު ނަމުން ނަންދިނުން ދިވެހީން ހުއްޓާލައިފި. ވަޢުދު ނުފުއްދެވުމާއި, ޤައުމަށް ޣައްދާރުވުމާއި, ދިވެހިވަންތަކަން ގެއްލުވާލުމާއި, ވައްކަން އާންމުކުރުމާއި, ޤައުމު ދަރަނީވެރިކުރުން އެއީ މިހާރު "ސޯލިހްވުން"
— Mohamed Maleeh Jamal (@maleehjamal) October 2, 2022
މީގެ އިތުރުން، ވަޢުދު ނުފުއްދެވުމާއި, ޤައުމަށް ޣައްދާރުވުމާއި, ދިވެހިވަންތަކަން ގެއްލުވާލުމާއި, ވައްކަން އާންމުކުރުމާއި, ޤައުމު ދަރަނީވެރިކުރުން އެއީ މިހާރު ”ސޯލިހްވުން“ ކަމުގައި މަލީހް ވިދާޅުވެފައިވެއެވެ.