ވިޔަފާރިވެރިންގެ މިސްކިތު’ގެ ސިޑީގައި ހޭންޑް ރެއިލިންގެ ހަރުކުރެވިފައިވާނެކަމަށް މާލެ ސިޓީގެ މޭޔަރ އަދި ޕީޕީއެމްގެ ނައީބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
'ވިޔަފާރިވެރިންގެ މިސްކިތު' ގެ ސިޑިއަށް އަރާ ފޭބުމުގައި، ޚާއްސަކޮށް ވާރޭވެހި ތެމިފައި އޮންނަ އިރު، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ކުޑަކަމުން، މިސްކިތް ބޭނުންކުރާ ގިނަބަޔެއްގެ އެދުމުގެ މަތީން ހޭންޑް ރެއިންލިންގ ހަރުކުރެވިފައި. pic.twitter.com/QaiSzfP9Ra
— Dr Mohamed Muizzu (@MMuizzu) October 3, 2022
ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ރެއިލިންގް ހަރުކުރެވިފައިވަނީ އެ ސިޑިއަށް އަރާ ފޭބުމުގައި ހާއްސަކޮށް ވާރޭވެހި ތެމިފައި އޮންނަ އިރު، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ކުޑަކަމުން، މިސްކިތް ބޭނުންކުރާ ގިނަބަޔެއްގެ އެދުމުގެ މަތީން ކަމުގައެވެ.
މި ޓަވީޓްގައި މުޢިއްޒު އެ މިސްކިތު ރެއިލިންގް ގެ ފޮޓޯ ހިމަނުއްވާފައިވެއެވެ.