
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ކާގޯ ޓާމިނަލްގެ މަސައްކަތް ނިމޭހާ ދުވަސް ވެއްޖު ކަމުގައި މާވަށު ދާއިރާގެ ރައްޔިިތުންގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާރޕޯޓް ފުޅާކުރުމުގެ މަޝްރޫއަކީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ވީއޭއައިއޭ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމުގައެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވިއިރު، މަޝްރޫއުގެ އެތައް މައްސަލައެއް ދިމާވެ މަސައްކަތް އޮތީ މުޅިންހެން ހުއްޓިފައިކަން ސައީދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އައު ކާގޯ ޓާމީނަލް ފަރުމާކުރެވިފައިވަނީ ޒަމާނީ ޓެކްނޮލޮޖީ އަދި އިތުރު ކާގޯ ހޭންޑަލް ކުރުމަށް ބޭނުންވާ ޖާގަ އާއި އެއްގޮތަށެވެ.
Another big step forward with the VIA expansion project by @prz_ymn during 2015. This new cargo terminal is designed with technology and space increment to handle more cargo. Convenience, safety & modernity! Could have finished by now! pic.twitter.com/0QFlDHtFjq
— Mohamed Saeed (@em_saeed) September 18, 2022
މިހާރުގެ ސަރުކާރުން ވިދާޅުވާގޮތުގައި އައު ޓަރމިނަލް ކުރިން ފަރުމާކޮށްފައި ވާގޮތުން އެތަން ސިފަވަނީ ”ބިއްލޫރި ކޮށިގަނޑެއް“ގެ ގޮތުގައެވެ. ޒަމާނީ ގޮތްތަކެއް ހުރިނަމަވެސް ދިވެހިރާއްޖެއާއި، ދިވެހި ވަންތަކަން ރަމްޒުކޮށްދޭނެ އެއްވެސް ކަމެއް ފަރުމާގައި ހިމަނާފައިނުވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ 2019 ވަނަ އަހަރު މި މަޝްރޫއު ހަވާލުކޮށްފައިވާ ސަޢުދީ ބިންލާދިން ގްރޫޕާއެކު މަޝްވަރާކޮށް، މަޝްރޫއުގެ ފަރުމާއަށް ބަދަލުތަކެއްގެނެސް، އެއްބަސްވުމަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.