ޚަބަރު

ފުލުހުން ހުވާގެ މަތީގައި ދެމިތިބެއްޖެ ނަމަ، ރާއްޖެ އޮންނާނީ އަބަދުވެސް ދިވެހިންގެ އަތުގައި: ކުރީގެ ސީޕީ

ފުލުހުން ހުވާގެ މަތީގައި ދެމިހުރެވިއްޖެ ނަމަ ރާއްޖެ އޮންނާނީ އަބަދުވެސް ދިވެހިންގެ އަތުގައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އޮފިސަރަކާ އެކު ވަގުތުކޮޅެއް ހޭދަ ކުރެއްވުމަށްފަހު ކުރެއްވީ ފޭސްބުކް ޕޯސްޓެއްގައި ސީޕީ ހުސައިން ވިދާޅުވީ ފުރަތަމަވެސް، ފަހުންވެސް އަދި މިހާރުވެސް މާތްﷲ ގަންދީ ކުރި ހުވާގެ މަތިން ފުލުހުން ހަނދާންކޮށް، އޭގައިވާ ކަންކަމަށް ތަބާވެ ކިޔަމަންވީމަ ނިމުނީ ކަމުގައެވެ.
”އިތުރު ކަމެއް ކުރަން ޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ. ހުވާމަތީގައި ސާބިތުކަމާއި އެކު ހުރެވިއްޖެ ނަމަ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ދިވެހިންގެ އަތުގައި.“ ހުސައިން ވިދާޅުވިއެވެ.
ހުސައިން ފާހަގަކުރެެއްވިގޮތުގައި ފުލުހުން އެގޮތުގެ މަތީގައި ސާބިތުވެއްޖެ ނަމަ، ދިވެހިންގެ ކަންކަމަށް ގޮތްކިޔައި، ބަސްބުނާނީ ދިވެހިންނެވެ. އަދި ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމުގައި ކުރިމަތިލާންޖެހޭނެ ގޮންޖެހުމެއް ނޯންނާނެކަން ހުސައިން ފާހަގަކުރެއްވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button