ޚަބަރު

ވިލިމާލެ ލޯކަލް މާރުކޭޓު ކުއްޔަށް ހިފަން ގުރުއަތުން ހޮވުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތު ދީފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓު ކުއްޔަށް ހިފަން ގުރުއަތުން ހޮވުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތު ދީފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ނިންމީ އެކި ފަރާތްތަކުން އެދެމުންދާތީ ކަމުގައެވެ.

އެގޮތުން ސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޮޅި ހަވާލުކުރުމާއި، ގުރުއަތުލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ކައުންސިލުން 31 އޮގަސްޓް 2022 ގައި ކޮށްފައިވާ އިއުލާން މިހާރު ވަނީ ބާތިލު ކޮށްފައެވެ.  އަދި ޝަކުވާ ހުށަހެޅުމަށް 08 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ފުރުސަތުތު ހުޅުވާލެފިފައިވާކަން ސިޓީ ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ގުރުއަތުލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމުގައެވެ. ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ހަދަން ނިންމީ އެ އަވަށުގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button