ރައްޔިތުން ނިކުމެ ލާދީނީ ބައިގަނޑު ތަޅާ ރޯނާ ގަންނަވާލަންވީ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބާރަކީ ފުރަތަމަ ބާރު ކަމުގައެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެކަކު ދެމީހުން ނިކުތީމަ ފިޔަވަޅު އެޅޭނެ އެކަމު އެތައް ހާސް ރައްޔިތުން ނިކުތީމަ ކުރެވޭނެ ކަމެއް ނޯންނާނެ.“ މޮސްޓާ ވިދާޅުވިއެވެ.
މެންބަރު މޮސްޓާ މިފަދައިން ވިދާޅުވިއިރު، ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ ޖަމާއަތެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު އިއްޔެ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރުގައިވާގޮތުން ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެއެވެ.
Rayyithun nikume laadheenee baigandu thalhaa roanaa gannavaalan vee … Rayyithun ge baaru akee furathama baaru.. baaru thah feshigen ah nanee Rayyithun ge kibain… Ekaku 2meehaku nikutheema fiyavalhu elheyne ekamu ethah Haas Rayyithun nikutheeema kurevayne kameh Noah naane 🙏 https://t.co/sp6UcC8L84
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) September 1, 2022
މެންބަރު ވަހީދު މިގަރާރު ހުށަހެޅުއްވުމާ ގުޅިގެން ޖަމްއިއްޔަތުއް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވަނީ ބޮޑު ފައުޖެއް ނިކުމެ ސައިޒް ކުރަންވީ ލާދީނީ ޝައިތާނުންތައް ކަމުގައި ވިދާޅުވެ އެކަމަށް ރައްދު ދެއްވާފައެވެ.
ބެލެވޭގޮތުގައި މޮސްޓާ މިފަދައިން ވިދާޅުވީ މެންބަރު ވަހީދުގެ ގަރާރަށް އޭނާ ދެކޮޅުކަން ދެއްކުމުގެ ގޮތުންނެވެ.
ސާބަސް މޮސްޓާ
މޮސްޓާއެކީއަޅުގަޑުމިހުފީ