ޚަބަރު

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ކައުންސިލުން އިން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ބާއްވާފައި ވަނީ 31 އޮގަސްޓްވީ ބުދަ ދުވަހުގެ ރޭގަ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.
މި ހަފްލާގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މި މުބާރާތްތަކުން ވަނަ ވަނަ އައި ފަރާތްތަކަށް ވަނީ އަގު ހުރި އިނާމު ހަވާލުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވަނީ ޖުމްލަ 293 ކުދީން ވަނީ ބައިވެރިވެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 168 ކުދީން އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 125 ކުދީންނެވެ.
މުބާރާތް ފަރުމާކޮށްފައިވަނީ އެކި ގިންތިއަށް ބަހާލައިގެންނެވެ. މުބާރާތުގެ ބައިވެރިންގެ އެންމެ ހަގު އުމުރުފުރާއެއްކަމުގައި 6 އަހަރުންދަށް ކަނޑައެޅުނުކަމުގައިވިއަސް 9 އަހަރުންދަށް އެއީ އިންސާފުކުރާ އެންމެ ހަގު އުމުރުފުރާކަމުގައި ބަލައި 19 އަހަރުންދަށް އެއީ އެންމެ ދޮށީވެގެން މުބާރާތުގެ ބައިވެރިއަކަށް ވެވޭނެ އުމުރުފުރާކަމުގައި ކަނޑައެޅުނެވެ. އެދެމެދުން ބަހާލައިފައިވަނީ 11 އަހަރުންދަށް 13 އަހަރުންދަށް އަދި 16 އަހަރުންދަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް ވުޖޫދުކުރީވެސް ހަމަ ޤުރުއާން މުބާރާތާ އެކުއެކީގައެވެ. މި މުބާރާތްވެސް ވެގެން ދިޔައީ ތަރުހީބު ބޮޑު މުބާރާތަކަށެވެ. މަދަހަ މުބާރައްތަށް ދެވުނު ކުރު މުއްދަތުގައިވެސް ޖުމްލަ 134 ކުދީން ބައިވެރިވިއެވެ.
ޤުރުއާން މުބާރާތެކޭއެއްގޮތަށް މި މުބާރާތް ވެސް 6 އުމުރުފުރާއަކަށް ގިންތިކޮށްފައިވެއެވެ. 6 އަހަރުންންދަށް ބައިވެރިވިއެއްކަމަކު އިންސާފުކުރާ އުމުރުފުރާތަކަކީ 9 އަހަރުންދަށާއި 11 އަހަރުންދަށާއި 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުންދަށެވެ.
މި މުބާރާތަށްވެސް އިންސާފުކޮށްދެއްވީ ރާއްޖޭގައި މި ރޮނގުން ފުންނާބު އުސް ފަނޑިޔާރުންނެވެ.
ގުރުއާން މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު މަން އިސްމާއިލް މުޚްތަބާ އެވެ. މަދަހަ މުބާރާތުން މުޅި މުބާރާތުން އެއްވަނަ ހޮވިފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު އައިޝަތް އާލާ ހަސަންއެވެ.
މިއީ މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button