ޚަބަރު
ވައިޑީ ސްޕޯޓްސް ކްލަބް އަދި އެހެން ޖަމިއްޔާތައް ގުޅިގެން ޖެނުއަރީ 27 ވާ ހުކުރު ދުވަހުގެރޭ ވިލިމާލޭގައި ދަރުހެއް ބާއްވަނީ
ވައިޑީ ސްޕޯޓްސް ކްލަބް އަދި އެހެން ބައެއް ޖަމިއްޔާތައް ގުޅިގެން އަނެއްކާވެސް ވިލިމާލޭގައި ދަރުހެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ދަރުހާއި ގުޅޭގޮތުން “ބޮންތި” ނޫހަށް މަޢުލޫމާތު ދެއްވަމުން ވައިޑީ ސްޕޯޓްސް ކްލަބްގެ ފަރާތުން ވިދާޅުވީ މިއީ މިފަދަ ދެވަނަ ދަރުސް ކަމަށާއި، މީގެ ކުރިން ވިލިމާލޭގައި ބޭއްވި ދަރުހަށްވެސް ބޮޑހ ތަރުޙީބެއް ލިބިފައިވާކަމަށެވެ.
”އޭ ޣާފިލް ވެފައިވާ ޒުވާނާ“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އޮންނާނީ ޖެނުއަރީ 27 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ވިލިމާލޭގެ ބަނދަރު ސަރަޙައްދުގައެވެ. ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދުއެވެ.
ވިލިމާލޭގައި ބާއްވާ މިދަރުސް އިންތިޒާމް ކުރި ފަރާތްތަކުން އެދެނީ ވީހާވެސް ގިނަ ޒުވާނުން މިދަރުސްގައި ބައިވެރިވުމެވެ.