ނަމާދު ކުރާއިރު އަޑުގަދަވެގެން އުނދަގޫވާ ބަޔަކު އެއަޑު ނީވޭ ހިސާބަކަށް ދޭ: މޮސްޓާ
ދިވެހިރާއްޖޭގައި ނަމާދު ކުރާއިރު އަޑުގަދަވެގެން އުނދަގޫވާނަމަ އެބަޔަކު އެ އަޑު ނިވޭހިސާބަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަަރު މުޙައްމަދު ނަޝީދު (މޮސްޓާ) ގޮވާލައްވައިފިއެވެ.
މޮސްޓާ މިފަދައިން ގޮވާލައްވާފައި މިވަނީ ނަމާދުކުރާ އަޑު މިސްކިތްތަކުން ބޭރަށް ނީވޭ ގޮތަށް ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގައިފާކަމަށް މީޑިއާގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި މޮސްޓާ ވިދާޅުވީ މިއީ ހަގީގަތެއް ނަމަ މިކަމާ ދެކޮޅަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަގުތުން އިހުތިޖާޖު ކުރަންޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ނަމާދު ކުރާއިރު އަޑުގަދަވެގެން އުނދަގޫވާނަމަ އެބަޔަކު އެ އަޑު ނިވޭހިސާބަކަށް ދިއުމަށް މޮސްޓާ ވަނީ ގޮވާލައްވާފައެވެ.
މިއާއިއެކު މޮސްޓާ ވިދާޅުވީ ނާދުކުރާ އަޑުގަދަވެ ޝަކުވާކުރި މީހުން ރުއްސަން މިސްކިތްތަކުން އަޑު މަޑުކުރާކަށް ނުޖެހޭނެ ކަމަށާއި، މިއީ އިސްލާމީ ގައުމެއް ކަމަށެވެ.
މީ ހަގީގަތް ނަމަ މިކަމާ ދެކޮޅަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަގުތުން އިހުތިޖާޖު ކުރަންވީ… ދިވެހިރާއްޖޭގައި ނަމާދު ކުރާއިރު އަޑުގަދަވެގެން އުނދަގޫވާނަމަ އެބަޔަކު އެ އަޑު ނިވޭހިސާބަކަށް ދޭ… އެމީހުން ރުއްސަން އަޑު މަޑުކުރާކަށް ނުޖެހޭނެ… މީ އިސްލާމީ ގައުމެއް… pic.twitter.com/H97myRSrCG
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) August 24, 2022
ނަމާދު ކުރާއިރު އަޑުމަޑުކުރުމަށް އިމާމުންނަށް އެންގުމާއި ގުޅޭގޮތުން ”ދިޔަރެސް“ ނޫހަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާޖެނެރަލް އަބްދުލްއަޒީޒް އިސްމާއީލް ވިދާޅުވީ މިސްކިތްތަކުގައި ނަމާދުކުރާ އަޑުގަދަވެގެން ޝަކުވާ ލިބޭތީ ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ނުޖެއްސުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރި ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިސްކިތްތަކުން ބަންގި ގޮވާއަޑު މަޑު ކުރުމާއި، ނަމާދުކުރާ އަޑު މަޑުކުރުންފަދަ ކަންކަން މީގެކުރިންވެސް ކޮށްފައިވެއެވެ.
Laa-haw’la wa-laa qu’wata illaa billah
Shaithaanun naa,Islam dheen dheke nafrathu kuraa,faraathakah emme udhagoo vaanee Bangeege Adam quraan kiyavaa adu ivumun
އަހަރެންވެސް ދެކުނިންކިހާކުރިޔެއްކަމެންނޭގެ ދީނީކޮއްމެ ެެސްފޮތަކުން ނަމާދުކުރާ މީހުން މިއުޑުގެދަށުން ފެއްސޭށޭކިޔާފަ ާާވާ އެއްޗެއް އުޑުގެދަށުންދާނީކޮންތާކަންބަ ކޮންމެވެސްރަގަޅުއިލްމު ެެރިއަކުނޫހަކަންމިާހ ަަކާލާދިނިއޔާަރ ަަށްރަގަޅު يارب ނަމާދުގެއަޑާ ބައްގީގެއަޑުނީ ޭދ ުުވަހ ެއާންމުންަރ ުުނުކުރައްވާންދެއަޅުގަޑަކީބަންގީގެއަޑަށާނަމާދުހުކުރުކުރާއަޑަށްއިންތިޒާރުކުރާމިހެން އަޑުނީވެއްޔާ ނަމާދަށްދާމީހުން ެސ ްްްްމަދުވ ާާާނެދެރައީސުންނަކީވެސްއެއްކަހަލަދެރައީސުން ވ
Subuhanallahi me muslimun thibi thaneh nooneh nun
Kaafarunna udhagoovaane namadhukuraaaduivumun
Ihuthijaakukuran rahyathunjehey