ޚަބަރު

ނަމާދު ކުރާ އަޑު ގަދަކަމުން ބޭރަށް ނީވޭގޮތް ހަދަން އަންގައިފި

ނަމާދުކުރާ އަޑު މިސްކިތްތަކުން ބޭރަށް ނީވޭ ގޮތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގައިފި އެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ އިން ރިޕޯޓުކުރި ގޮތުގައި މާލޭގެ އިމާމުންނާއި، ރަށްރަށުގެ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ސާކިއުލާއެއް ފޮނުވާފައެވެ.

އެ ސާކިއުލާގައި ވަނީ މިސްކިތުގެ ލައުޑް ސްޕީކަރުން ބަންގި ނޫން އެއްޗެއްގެ އަޑު ނުޖެއްސުމަށާއި، އެގޮތަށް އަމަލު ނުކުރާ އިމާމުންނަށް ފިޔަވަޅު އަޅާނެ ކަމުގައި އެ ނޫހުން ރިޕޯޓް ކުރިއެވެ.

”ދިޔަރެސް“ އިން ބުނީ އެގޮތަށް އަމަލުކުރަން އިމާމުންނަށް އަންގަމުންދަނީ ސީދާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަންގައިގެންކަން މިނިސްޓްރީ އާއި ހާވާލާދީ މުދިމަކު ބުނެފައިވާ ކަމުގައެވެ.
އެކަމަކު މިނިސްޓްރީ އިން ބުނީ އެފަދަ ސާކިއުލާއެއް ފޮނުވާފައިނުވާ ކަމުގައެވެ. އަދި އަޑުގަދަވެގެން ޝަކުވާ ލިބޭތީ ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ނުޖެއްސުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރިކަން މިނިސްޓްރީއިން ކަށަވަރުކޮށްދެއެވެ. ސަބަބެއް ކަމުގައި މިނިސްޓްރީއިން ފާހަގަކުރީ ކުޑަކުދިން ނިދާފައި ތިބޭ ގަޑީގައި ގެތަކާ އިންވެފަ ހުންނަ މިސްކިތްތަކުން ކިޔަވާ އަޑު ބާރު ވުމުން ގޭގައި އުޅޭ މީހުންގެ ޝަކުވާ އައުމެވެ.

6 Comments

  1. އެ އުދަގޫވާ ބަޔަކުއެހެންقومއަކަށް ބަދަލުވުން ރަގަޅުވާނެކަމަށްފެނޭ މިހެންމިބުނަނީ މީސަތޭކަޕަސެންޓްإسلامي قومއެކޭ ބުނާއަޑުއަހަމުނޫންދޯ؟
    އެހެންވެމިقومގެ(މީހުންދިރިއުޅޭ) ކޮންމެރަށެއްގާއިވެސް ފަސްވަގުތު ބަންގި ގޮވަންޖެހޭ އެ އަޑުއިވެންޖެހޭނެ

  2. ޔަހޫދީ ދައުލަތެއް އޮޔްގައުމަކައް ހަދަން މިސަރުކާރުން ބޭނުންވާތީ އިސްލާމިކުމިނިސް ޓުރީން އަންގަން ވީއެއްނޫން ހުރިހާ މިސްކިތް ތަށް ތަޅާލަން އެިރުން މިސްކިތްތަށް ރުރިތަންތަނުގަ ބުދުފައްޅިތައް އެޅޭނެއްނުން

  3. ތީދެންތައްކޮޅެއބޮޑުވަރެށް ދަރިންނަށް ތައުހީދުގެއަޑުއިވުނަނުދެނީތަ ދަރިންގެ ދުޝްމިނުން ސަރުކާރު ެެސްއޮްނ ާާނިހެިދ ި ހާދަދެރައޭ ދީނީހުރިހާކެށްމިސަރުކާރު ިިމލެންވާއިރަންފަޑުވާނެތިޔަމީސްމިހުންގެދަރިންނަށް ސަހާދަތުގެދެކަލިމަކިޔަންއެގޭތޯބެލުންއެއި ސަރުކާރުގެޒިނަމާއެތް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button