ޚަބަރުދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ މިސްކިތެެއްގައި މިއުޒިކް ފެސްޓިވަލެއް ބާއްވައިފި

އިޒްރޭލުން އާދީއްތަ ދުވަހު މުސްލިމުންގެ އެންމެ މުގައްދަސް އެއް ތަން ކަމަށްވާ އިބްރާހީމީ މިސްކިތް ހިފައި، ’މިއުޒިކް ފެސްޓިވަލެއް‘ ބާއްވައިފިއެވެ.

ފަލަސްތީނު މީހުންނަށް އެމީހުންގެ އަމިއްލަ މިސްކިތުގައި ނަމާދުކުރުން ވަނީ މަނާކޮށްފައެވެ.

އިސްރާއީލުގެ ސެޓްލަރުން ވަނީ މިސްކިތަށް ހަމަލާދީ، އެތައް އަހަރެއް ވަންދެން އެ މިސްކިތަށް ވަނުމަށް ބިރު ދައްކާފައެވެ. 1994 ވަނަ އަހަރު އެމެރިކާގެ އިޒްރޭލުން ފަލަސްތީނުގެ 29 މީހަކު މިސްކިތުގައި ބަޑިޖަހައި ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މި ފެސްޓިވަލްގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އެއްވެސް ނަތީޖާއަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އިސްރާއީލުން ގަވާއިދުން ފަލަސްތީނުގެ މާތްވެގެންވާ ތަންތަން ސުންނާފަތި ކުރަމުން ދެއެވެ.

ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ފަލަސްތީނު މީހުންނަށްވެސް ރައްކާތެރި، މިނިވަން، އަދި އިހުތިރާމާއެކު މުއާމަލާތް ކުރެވޭ ފަދަ އަޅުކަންކުރާ ތަންތަން ހައްގުވެގެންވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button