މާލޭގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދީފި
މާލޭގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ދީފިއެވެ.
މިކަން ހާމަވެފައިވަނީ އިއްޔެ ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 76 ވަނަ ރަސްމީ ޖަލްސާގައެވެ.
ސިޓީ ކައުންސިލުން ބުނީ ސްޓެލްކޯއިން އެފަދަ އިންޒާރުގެ ސިޓީއެއް އެ ކައުންސިލަށް ފޮނުވާފައިވަނީ ކައުންސިލުން ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓް ބިލްތަކެއް ދައްކާފައިނުވާތީ ކަމަށް ބުނެއެވެ. އެކަމަކު ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 68 މިލިއަނަށް އަރާކަމަށް މީރާގެ ރެކޯޑްސްތަކާ ހަވާލާދީ އިއްޔެގެ ޖަލްސާގައި ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އިއްޔެގެ ޖަލްސާގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުޖުތަބާ ޖަލީލު ވިދާޅުވީ ސިޓީ ކައުންސިލްގެ ފައިސާ ހޯދުމަށް ސްޓެލްކޯ އާއިއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އެފައިސާ ދެވެންއޮތް އެންމެ އަވަހަށް ދެއްވާނެ ކަމަށް ބުނި ކަމުގައެވެ. އެކަމަކު އޭގެފަހުން ފިނޭންސް މިނިސްޓްރީ އާއިއެކު މަޝްވަރާތަކެއް ކުރެވިގެން ނޫނީ ފައިސާ ދެވެންނެތް ކަމަށް ސްޓެލްކޯއިން ކައުންސިލަށް އަންގާފައިވާކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.
”ސްޓެލްކޯ އާއި އެކީސޮއި ކުރެވިފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް. ދައުލަތުން ކައުންސިލަށް ލިބެންޖެހޭ ފައިސާވެސް ލިބޭގޮތަށް ފިނޭންސް މިނިސްޓްރީއާއިވެސް މަޝްވަރާކުރެވިގެން ސޮއިކުރެވުނީ. ފައިސާ ނުލިބެންޏާ ނުދެއްކޭނެ“ މުޖްތަބާ ވިދާޅުވިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މިސްކިތްތަކުން ފެނާއި ކަރަންޓް ކަނޑާލި ކަމުގައެވެ. އަދި ބަޖެޓު ނުދީ ކައުންސިލާއި މިސްކިތްތައް ހަވާލުކުރިއިރު، މިސްކިތްތަކުގެ ބިލްތައް ދައްކަމުން ދަނީ އާމްދަނީ ބަޖެޓުން ކަމުގައެވެ. އާމްދަނީ ބަޖެޓް ސަރުކާރުން ހިފަހައްޓާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
”މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަން އެންގުމުން ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ސިޓީއެއް ވާނީ ފޮނުވާފަ. ރައީސް ސޯލިހުގެ އިތުރުން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީ އާއިވެސް މިކަންބޮޑުވުންތައް ހިއްސާ ކޮށްފިން.“ ނަރީޝް ވިދާޅުވިއެވެ.
މިސްކިތްތަކަށްވެސްބެލުމެއްނެތި ޕޕމީހުންކައުންޒިލުގަތިބީމަކަމަންވާނިހ ެ
Miskih thakun karant kandaa hisaabah kankan nugendhavaa. Ehan vejje nama muslim rayyithaku dhiriulhey qaumehgai Rayyithun ves rathah araa sarukaarun fiurzu nagaafaane.
Thi ulhenee mi makkaarunge sarukaarun miskiy thakugaa namaadhu kurnudislaameeshiaaruge adu maalein kandu vaalan.