ޚަބަރު

ދީނީ އިލްްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް އިބުނު މޫސާ މެންކު (މުފްތީ މެންކް) ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް އިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް އިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ދީނީ ފަތުވާ ދެއްވުމަށް މިހިނގާ އޮކްޓޫބަރު މަހު މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. އަދި އެ މިނިސްޓްރީ އިން ވަނީ އިއްޔެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން މުފްތީ މެންކުގެ ދަރުސް ހުޅުމާލޭގައި ބޭއްވުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މުފްތީ މެންކު ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި މީގެ އިތުރުން އައްޑޫ ސިޓީ ގައެވެ. މާލޭގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 28 ވަނަ ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައެވެ. އޮކްޓޫބަރ 29 ވަނަ ދުވަހު ފުވައްމުލަށް ސިޓީގެ އޮފިޝަލް ފުޓްބޯލް ސްޑޭޑިއަމް އަދި މީގެ އިތުރުން އައްޑޫ ސިޓީގެ ސިޓީ ސްކެއަރ ގައި އޮކްޓޫބަރ 30 ވަނަ ދުވަހު ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ދަރުސް އޮންނާނީ ހުޅުމާލެ ސިޓީ ސިންތެޓިކް ޓްރެކް ގައި އޮކްޓޫބަރ 31 ވަނަ ދުވަހުއެވެ.

މިގޮތަށް ދީނީ ދަރުސް ދެއްވުމަށް މީގެ ކުރިންވެސް ރާއްޖެއަށް އެކި މަޝްހޫރު ދީނީ އިލްމުވެރިން ވަނީ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button