ޚަބަރުސިޔާސީ

ޖަމީލު އަސްލަމަށް: އަނގަވަތަށް ވެއްޓުމުން ފުމެން އުޅުމުން ވާނީ އޮރިޔާން

ހިޔާ ފުލެޓުތައް ނިންމީ މިސަރުކާރުންކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފިއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. ޖަމީލު ވަނީ ‏އެންމެ ފްލެޓެއްވެސް މި ސަރުކާރަށް ނުނިންމޭނެ ކަމަށް އަސްލަމް އަމިއްލަފުޅަށް ވިދާޅުނުވަންތޯ ސުވާލު ކުރައްވާފައެވެ.

”ޤައުމީ ސަލާމް، ދިވެހި ދިދަ، މުލިއާގެ، ހުޅުމާލެ ބްރިޖުވެސް ތިމަންނާމެން ހެދި އެއްޗެހިކަމަށް އެމްޑީޕީން ދަޢުވާކުރާނެ. އެއް ކަމެއް ނުވެ، އަނގަވަތަށް ވެއްޓުމުން ފުމެން އުޅުމުން އޮރިޔާންވާނީ.“ ޖަމީލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޑރ.ޖަމީލު ވަނީ މިސަރުކާރުގެ ސިޔާތަށް އެކިފަހަރުގެ މަތިން ފާޑު ވިދާޅުވެފައެވެ. ޖަމީލު ފާހަގަކުރެވިފައިވަނީ އަދުގެ ސަރުކާރަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ބޭފުޅެއް ގޮތުގައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭގޮތުން ކުރިން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މިދައުރުގެ ތެރޭގައި މިސަރުކާރުގެ ފުލެޓް މަޝްރޫޢުތައް ނުނިމޭނެކަމަށެވެ. ހިޔާފުލެޓަކީ ކުރީގެ ރައީސް ޔާމީން އަބަދުލްގައްޔޫމުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ތަކުގެ ތެރެއިން އެމަނިކުފާނު ފުރިހަމަކޮށް ދެއްވާފައިވާ ވައުދެކެވެ. ބިންކުޑަ ބައިބޯ މާލެއަށް އެކަށޭނެ ގޮތެއްގައި އަޅާފައިވާ މި ފުލެޓު ތަކުގައި އެތައްހާސް ބަޔަކު މިއަދު ދިރިއުޅެމުން ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button