ޚަބަރު

ލިވާތު މައްސަލައިގައި ހައްޔަރު ކުރި ނަސީރު ބަންދުން ދޫކޮށްލައިފި

ލިވާތު ކުރި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކުރި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު ބަންދުން ދޫކޮށްލައިފިއެވެ.

ނަސީރު ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށް ފަހުގައެވެ. ލިވާތު މައްސަލައާ ގުޅިގެން ނަސީރު ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދައުވާ ކުރުމާ މެދު ފުލުހުން ގޮތެއް ނިންމުމަށް ތިން ދުވަސް ދިނުމަށްފަހު މުއްދަތު އިތުރު ކޮށްދިނެވެ.

ބަނގުލަދޭޝްގެ އަލަމްގީރް ނަމަކަށް ކިޔާ މީހާ އާއިއެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގާތަން  ފެންނަ ވީޑިއޯ ތަކެއް އާންމު ވެފައިވާއިރު, މި މައްސަލައާ ގުޅިގެން ނަސީރު ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ހަމަ އެއާއެކު މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި، ކުރީގެ މެމްބަރ ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ވެސް ވަނީ ދެ ހަފްތާ ނުވަނީސް ބަންދުން ދޫކޮށްލާފެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީއަށް ހުށަހަޅާފައެވެ. ނަމަވެސް ނަސީރު ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ޕީޖީ ލަފާ ދިނުމާއި ގުޅިގެން ބުދަ ދުވަހު އޭނާ ބަންދުން ދޫކޮށްލާއިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

One Comment

  1. މިހާރު މިގައުމުގައި އޮތީ ލިވާތުކުރުމާއި ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ފޭރުމާއި މީހުން ކަތުލުކުރުމާއި ހިޔާނާތާއި މަކަރާއިރިބާ ނެގުމުގެ ސަގާފަތެށް ޔާ ރައްބު އަޅަމެނަށް ސަލާމަތް ކަމާއި ރައްކާތެރިކަން ދެއްވާށި އާމީން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button