ތިރީސް އަހަރު އެއްކޮށްލައިގެންވެސް ނުވާވަރަށް ތަރައްގީގެ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ތިރީހަކަށް އަހަރު އެއްކޮށްލީމާ ވެސް ނުވާވަރުގެ މަސައްކަތް މިދަނީ ކުރަމުން.“ ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ކުރެވުނު އެންމެ މުހިއްމު މަސައްކަތެއް ކަމުގައި ދެކެނީ ރާއްޖޭގެ ރައްޔިތުންގެ ފިކުރަށް ގެނެވުނު ބަދަލުތައް ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒް ވަނީ އެމްޑީޕީއަކީ އަބަދުވެސް ގޯސްތައް ރަނގަޅު ކުރުމަށް މިނިވަންކަމާއެކު ބަހުސް ކުރެވޭ ޕާޓީއެއް ކަމަށާއި ޕާޓީގެ ކާމިޔާބުގެ އެންމެވަރުގަދަ ސިއްރަކީ ވެސް އެއީ ކަމުގައި ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 5 އަހަރު ނިމުމަކާއި ގާތަށް އައިސްފައިވާއިރު، ބޭރުގެ އެކި ގައުމުތަކުން ބޮޑެތި އަދަދުތަކުން ނެގި ލޯނުތަކުންވެސް ރާއްޖޭގެ ތަރައްގީ އާއި ގުޅޭ މާބޮޑު މަޝްރޫއުތަކެއް ހިންގިފައި ނުވިނަމަވެސް، މިސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ކެބިނެޓް ވަޒީރުން ދަނީ ސަރުކާރުން ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާކަމަށް ވިދާޅުވަމުންނެވެ.
އެކަމަކު އާންމުންގެ ގިނަބަޔަކު ބުނަމުންދާގޮތުގައި މިއީ ސަރުކާރުގެ މަގާމްތަކުގައި ތިއްބަވައިގެން އެބޭފުޅުން ރައީސް ސޯލިހުގެ ސަރުކާރަށް ކުރައްވާ މަލާމާތެކެވެ.
މިސަރުކާރުން ވޭތުވެދިޔަ 50އަހަރުވެސް ނުހިންގާވަރުގެ ބިޔަ ބޮޑު ލިވާތު މަސްރޫޣު ހިންގި އެކޮޓަރިކޮޅު މިހާރު ދާރުލްއާސާރައް ގެންދިއުމުގެ މަސްވަރާފަށާފި ފިއްކަޑާގެންދާވަރު ބޮޑު މަސްރޫޣެއް؟
ކހވފދދސސ