ޚަބަރުސިޔާސީ

ސަރުކާރު ކޯލިޝަން ދެމި އޮވެދާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް: ރައީސް ނަޝީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ދެމިއޮވެދާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ 2018 ނޫން ކަމަށާއި، އެދުވަހު އެމްޑީޕީއިން އިންތިހާބަށް ނިކުތް އިރު ވާދަވެރި ހުރިހާ ލީޑަރުން ތިބީ ހައްޔަރު ކޮށްފައި ކަމުގައެވެ.

”ހުންނެވީ ރައީސް ޔާމީން އެކަނި ގިނިކަންޏާ. މިއަދު ތިބޭފުޅުންގެ މަސައްކަތުން މި ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރައްވައިފި. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އަނެއްކާވެސް ހޯއްދަވައިފި.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަންގެ ހުރިހާ ލީޑަރުން ތިއްބެވީ މިނިވަންކުރެވިފައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެބޭފުޅުން 2023 ވަނަ އަހަރުގެ އިންތިހާބު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ. އެއީ ވާދަވެރި ސިޔާސީ ހަރަކާތް އޮންނަންވާނެ ގޮތް ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ހާމަކުރެއްވިގޮތުގައި އެންމެން އެކުގައި ތިބެގެން އިންތިހާބުގައި ވާދަ ނުކުރެވިއްޖަނަމަ އެމްޑީޕީއަށް ލިބޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމުގައެވެ.

”އިއްޒައްތެރި ރައީސް. ރައީސް އަރިހުން މިރޭ އަޅަގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިޔަށް ވަޑައިގަނެވޭނެއޭ. އެމަގުން ނޫންގޮތަކަށް އަޅުގަނޑުމެނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އިން އުފާވެރި ކަންކަން ފެނިގެންދާނެ ކަމުގައެވެ.

ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ  ބަރުލަމާނީ ނިޒާމާއި މެދު ރައްޔިތުން ދެކޭގޮތް ރައްޔިތުންގެ ގާތުގައި އެހުމަށް, ނޫނެކޭ ބުނާންވީ ސަބަބެއް ނެތް ކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ކޯޅުން ބޮޑުވެ ކޮންގްރެސް އަށް އައުމުގެ ކުރިން ނަޝީދު ވަނީ މަދު މިސްކޮޅަކާއި އެކު ބަރުލަމާނީ ބަހުސް ކުރެއްވުމަށް ހަރުގެ ޖަލްސާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު ރައީސް ސޯލިހު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button