ޚަބަރު
ކޯލިޝަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ފަށައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ފަށައިފިއެވެ.
މި ކޮންގްރެސްގައި އެމްޑީޕީގެ 1،178 މެންބަރުން ބައިވެރި ވާނެކަމުގައި އެޕާޓީން ބުނެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސް ފެށީ ޖަލްސާ އަކުން ސޯޝަލް ސެންޓަރުގައެވެ.
މި ކޮންގްރެސްގައި އެންމެ މުހިންމުކަމަކަށް އޮތީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށް ގޮތެއް ނިންމުމެވެ.
މިކޮންގްރެސް ބާއްވަން ނިންމާފައި މިވަނީ ރައީސް ނަޝީދު އާއި ރައީސް ސޯލިހުގެ މެދުގައި ބަރުލަމާނީ ރިޔާސީ ބަހުސެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތުވެސް އަޅުވާފައެވެ.
ކޮންގްރެސް ބަޙުސް ނި މޭއިރު ނަޝީދު ބޮޑުތަނުން ބަލިވާނެކަށް ބެލެވެނީ