ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި އަމީން ހިމެނޭހެން ދައުވާ ނުކުރަން ނިންމައިފި

ކޮވިޑް-19 އަށް ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތް ހިންގި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެތަކެއް ފަހަރެއްގެ މަތިން އަނބުރާ ފޮނުވާލާފައިވާތީ، އެދުވަސްވަރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަމީންއާ އެކު އަށް މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބަލައި، ފައިލްކޮށްފި އެވެ.

އޭރުގެ ހެލްތު މިނިސްޓަރު އަމީނާއި، އެމިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން ޕީޖީ ހުސައިން ޝަމީމް ދެފަހަރެއްގެމަތީން މީގެ ކުރިންވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. އެކަމަކު، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ވެއެވެ.

އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button