ޚަބަރުވިޔަފާރި

ރާއްޖޭގެ ކުންފުނިތައް ބޭރުގެ ބާޒާރަށް ނިކުންނަން ފައްޔާޒު އަންގަވައިފި

ރާއްޖޭގެ ކުންފުނިތަކުގެ ވިޔަފާރިތައް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ފުޅާކުރުމުގެ ވިސްނުން ގެންގުޅުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ސްޓެލްކޯގެ ”ސްޓެވޯ ވޯކްޝޮޕް“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

”ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޓެރިޓަރީން ބޭރަށް ވިސްނުން ބައްޓަން ކުރުމަށް އެދެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އެތައް ގައުމުތަކެއް އެބަހުރި ސްޓެލްކޯ ފަދަ ކުންފުނިތަކަށް ރަނގަޅު ނަފާ ހޯދިދާނެ ގައުމުތައް އެބަހުރި“ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ރިނިވަބުލް އެނާޖީއަކީ ޓެކްނޮލޮޖީއަށް ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ ސިނާއަތަކަށްވާއިރު، ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް ދުނިޔޭގައި އެ ސިނާއަތުގައި ފައިހަމަކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button